ރައީސް އާދިއްތަ ދުވަހު ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރަސްމީ ދަތުފުޅެއްގައި އަންނަ އާދިއްތަ ދުވަހު ސްރީ ލަންކާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ބުދަ ދުވަހުގެ ނިޔަލަށް ރައީސް ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ބައެެއް ވަޒީރުން އަދި ސަރުކާރުގެ ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެ ދަތުރުފުޅުގައި ލަންކާގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖެ އާއި ލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުގެ ރައީސާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ދެ ލީޑަރުންގެ ހާޒިރުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް މިދިޔަ އަހަރުގެ ޖުލައި މަހު އެ ގައުމުގެ ރައީސް ޑިސަނާޔަކެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
އިތުރަށް





.gif.gif&w=828&q=100)
