logologologologo
STO
ވިޔަފާރި

މަސްވެރިންނަށް އުފާވެރި ހަބަރެއް، މަސްދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަދައިފި

މަސްވެރިންނަށް އުފާވެރި ހަބަރެއް، މަސްދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަދައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޭޕްރީލު 21

މަސްދޯނިތަކަށް މާދަމާ އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.

ފިޝަރީސް މިނިސްޓްރީން މިއަދު ވިދާޅުވީ، މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް މާދަމާ އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ ކަމަށެވެ. އަދި ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ރަށްރަށުން ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ބަޔާން ކޮށްފައިވާ ރަށްތައް:

  • ހއ. އިހަވަންދޫ
  • ހދ. ހަނިމާދޫ
  • ށ. މިލަންދޫ
  • ބ. އޭދަފުށި
  • ފ. ނިލަންދޫ
  • ކ. ހިންމަފުށި
  • ރ. ދުވާފަރު
  • ދ. ކުޑަހުވަދޫ
  • ޅ. ފެލިވަރު
  • ގއ. ކޫއްޑޫ
  • ފުވައްމުލަކު
  • ހުޅުމީދޫ
  • ހުޅުމާލެ ޖެޓީ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް ގެނައި ބަދަލާ އެކު އެސްޓީއޯ އިން ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 17.54ރ. އަށެވެ.

މަސްދޯނިތަކަށް އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ވިއްކަން ސަރުކާރުން ނިންމިއިރު، ތެޔޮ އަގުބޮޑުވުމުގެ ސަބަބުން މަހަށް ނުފުރާ ދޯނިތައް ގިނަވެ، މި ދުވަސްވަރު މަހުގެ އެކި ބާވަތްތައް ލިބުން ވެސް ވަނީ ދަތިވެފަ އެވެ. 

މި ދުވަސްވަރު ރާއްޖޭގައި މަސްވެރިކަން އާދަޔާ ހިލާފަށް ދަށްވެ، ޕްރޮޑަކްޝަނަށް އަސަރުކުރުމުގެ ސަބަބުން ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ފިހާރަތަކުން ވަޅޯމަސް ވެސް އިއްޔެ ވަނީ ހުސްވެފަ އެވެ. 

ބޮޑު އަގުގައި ތެޔޮ ގަނެގެން މަސްވެރިކަން ކުރަން ނުކުންނަން ޖެހޭތީ އުތުރުގެ މަސްވެރިކަން މަހަށް ނުފުރާކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ވެސް ފާޅުކޮށްފައިވެ އެވެ. ނަމަވެސް ސަރުކާރުން އަންނަނީ ރާއްޖެއަށް ތެލުގެ ދަތިކަން ކުރިމަތިނުވާނެ ކަމުގެ ޔަގީން ދެމުންނެވެ. 

MALDIVE GASAllied Insurance
އިތުރަށް