މިފްކޯއަށް މަސްކިރުވާ ދޯނީގެ އަދަދު އިތުރުވެއްޖެ!

ދައުލަތުގެ މަސްކުންފުނި މިފްކޯއަށް މަސްކިރުވާ ދޯނީގެ އަދަދު އިތުރުވެއްޖެ ކަމަށް އެ ކުންފުނިން އާންމު ކުރާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އަންނަނީ މަސްވެރިންނަށް ދޫކުރާ ފައިސާގެ ތަފްސީލު ކޮންމެ ދުވަހަކު ވެސް ހާމަކުރައްވަމުންނެވެ.
މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޫކުރަން ފެށިފަހުންނާ އި މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައި ވާތީ މިދިޔަ ހަފުތާގައި234 ދޯޏްޏަކުން މަސްކިރުވާފައިވާއިރު، އޭގެ ކުރީ ހަފުތާގައި މަސްކިރުވާފައި ވަނީ 165 ދޯނިންނެވެ.
އެކުންފުނިން އިއްޔެ ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިމަހުގެ 24 ވަނަ ދުވަހު މަސްކިރުވި 44 ދޯންޏަކަށް 2،777،672.32 ރުފިޔާ އިއްޔެ ވަނީ ޖަމާކޮށްދީފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުން މިދިޔަ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބަރާބަރަށް ކުރިއަށްދާކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
