
ތިލަމާލެ ބުރިޖްގެ މަސައްކަތް ނިންމޭނެ ކަމަށް މިހާރު ބުނެފައި އޮތީ 2027ގައި: ރައީސް
ޒައުޖަތު އަޙުމަދުތިލަމާލެ ބުރިޖް މަސައްކަތް ދާލެއް ލަސް ކަމަށާއި މަސައްކަތް ނިންމޭނެ ކަމަށް މިހާރު ބުނެފައި އޮތީ 2027ގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބުރިޖް ހުޅުވޭނެ ތާރީޚަކީ ކޮބާތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ތިލަމާލެ ބުރިޖް މަޝްރޫޢަކީ އިންދިއާގެ ލޯނު އެހީގައި ކުރިއަށްދާ މަޝްރޫޢެއްކަމަށާއި އެ މަސައްކަތް ކުރިއަށްދަނީ ލަސްކޮށް ކަމަށާ ނަމަވެސް ސަރުކާރުން ކޮށްދެންޖެހޭ ކަމެއް ވިއްޔާ ކޮށްދެއްވަމުން އަންނަ ކަމަށެވެ.
"މި ދޭތެރެއިން މުއްދަތު އިތުރުކޮށްދޭން ވެސް ވަރަށް ބޮޑަށް އެދިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފައި އަނެއްކާވެސް އިތުރު މުއްދަތު ވެސް ދީފިން. ހަމަ ޔަޤީނުން ވެސް އަޅުގަނޑު ހިތްހަމައެއް ނުޖެހޭ ދާ ސްޕީޑާ ދޭތެރޭގައި. އަޅުގަނޑު ހިތެއް ނުބުނޭ އެއްގޮތަކަށް ވެސް އެ ޕްރޮޖެކްޓް ދާ ސްޕީޑް ކަމުދާ ރައްޔިތަކު ހުންނާނެ ހެނެއްވެސް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ބުރިޖް ހުޅުވާނެ ތާރީޚް އެމަނިކުފާނު ދެއްވާފައިވާ ކަމަށާ ނަމަވެސް އެ މުއްދަތަށް ނުނިންމޭތީވެ މިފަހަރުގެ ރިޔާސީ ބަޔާނުގައި ބުރިޖް ވާހަކަ ހިމަނާފައިވެސް ނުވާނެ ކަމަށެވެ. ކުރިން އޮތީ 2026 ގައި ނިންމާޏެ ކަމަށް ބުނެފައި ނަމަވެސް މިހާރު ދީފައިވާ ތާރީޚަކީ 2027 ކަމަށެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ މި ބުރިޖްގެ 72 އިންސައްތަ ނިމިފައިވާ ކަމަށް އިމާރާތްކުރުމާބެހޭ ވުޒާރާއިން އިއްޔެ ވަނީ ބުނެފައެވެ.
އިންޑިއާގެ އެހީގައި އަޅަމުން އަންނަ ބުރިޖް މަޝްރޫއު ޝެޑިއުލަށް ވުރެ ލަސްވެފައިވާ ކަމަށް އިމާރާތް ކުރުމާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު، 2024 ވަނަ އަހަރުގެ ފަހުކޮޅު ވިދާޅުވެފައިވާކަން ފާހަގަ ކުރެވެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށި ގުޅުވައިލާ މި ބުރިޖްގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16، 2023 ގައި އެ އެއްބަސްވުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026 އަށް އިތުރުކުރިއެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
"އަދަދު" ނޫސް އޮފީހަށް ފުލުހުން ވަދެއްޖެ!2026 އޭޕްރީލު 27
އެކާވީސް ދުވަހުން 924 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ދައްކައިފި2026 އޭޕްރީލު 27
ރައީސަށް ތުހުމަތުކުރި ވާހަކަތައް ދޮގުކުރައްވާ ރައީސް އެދިވަޑައިގަތީ ދައުވާ ކޮށްދޭން!2026 އޭޕްރީލު 27
މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ2026 އޭޕްރީލު 27