logo
logo
ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީނު، ޗެއާޕާސަންއަކަށް ނަމްޒާ އައްޔަނުކޮށްފި!

ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީނު، ޗެއާޕާސަންއަކަށް ނަމްޒާ އައްޔަނުކޮށްފި!

2024 ޑިސެމްބަރު 23
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް، ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ ކަމުގައި ހުންނެވި އިބުރާހީމް ނިސްރީނު މިއަދު އައްޔަނުކޮށްފިއެވެ.

މީގެއިތުރުން ޕީއެސްއެމްގެ ޗެއާޕާސަން ކަމަށް ޓީވީ ޕްރެޒެންޓަރ އަދި ސިޓީތަކާބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާމިނަތު ނަމްޒާ ހަމަޖައްސާފައިވާ ކަމަށް ވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޗެއާޕާސަން ކަމަށް ނަމްޒާ އައްޔަކު ކޮށްފައި މިވަނީ އެމްޑީޕީ ސަރުކާރުން އެ މަޤާމަށް އައްޔަނު ކޮށްފައިވާ އިބުރާހީމް ޙިލްމީ އެ މަޤާމުން ވަކިކޮށްފައިވާތާ ދުވަސްތަކެއް ފަހުންކަން ފާހަގަ ކުރެވެއެވެ.

ނިސްރީނަކީ ޕީއެސްއެމްގައި މެދުނުކެނޑި 14 އަހަރު ޚިދުމަތް ކުރައްވާފައިވާ އަދި މިހާރު ވެސް ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ޕީއެސްއެމްގައި އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ޗީފް ކޮމާޝަލް އޮފިސަރުކަން އަދި އީ ކޮމާސް ޑިރެކްޓަރުކަން ހިމެނެއެވެ.

ޕީއެސްއެމްގެ އެމްޑީ ކަމަށް ނިސްރީނު އައްޔަނު ކުރައްވާފައި މިވަނީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ސަޢީދު މި މަހުގެ 16 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. ސަޢީދުގެ ކުރިން އެ މަޤާމުގައި ހުންނެވީ ނޫސްވެރިޔާ ޒީނާ ޒާހިރު ވެސް އިސްތިޢުފާ ދެއްވިކަން ފާހަގަ ކުރެވެއެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް