logo
logo
ޕީއެސްއެމުން ތިން ބުރީގެ އިމާރާތެއް އަޅަނީ

ޕީއެސްއެމުން ތިން ބުރީގެ އިމާރާތެއް އަޅަނީ

2024 ޖުލައި 17
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ޕަބްލިކް ސާވިސް މީޑިއާއިން އާ އިމާރާތެއް އަޅަން ނިންމައި އެ އިމާރާތަށް ބޭނުންވާ ކުރެހުމާއި ބިއޯކިއު ތައްޔާރުކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ގެޒެޓުކޮށްފައިވާ އެ އިއުލާނުގައި ވަނީ އެ އިމާރާތަށް ބޭނުންވާ ކުރެހުމާއި ބިއޯކިއު ތައްޔާރުކުރަން  ޝައުގުވެރިވާ ފަރާތްތަކުން 23 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ  10:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ   މަޢުލޫމާތު ސާފުކުރުމަށްފަހު 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ  ޕްރޮޕޯސަލް ހުށަހެޅުއްވުމަށެވެ.

ޕީއެސްއެމް އަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ދައުލަތުގެ ކުންފުންޏެކެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް