
ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ޒައުޖަތު އަޙުމަދުސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރައްވައިފިއެވެ.
މި ކަދުރު ރަސްމީކޮށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ހަވާލުކުރެއްވުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.
މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. އަދި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
ސަޢުދީ ޢަރަބިއްޔާގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއަށް 10 ޓަނުގެ ކަދުރު ހަދިޔާކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ކަދުރުތައް އެކި ދާއިރާތަކުގެ ފަރާތްތަކަށް ވުޒާރާއިން ވަނީ ހަދިޔާކުރައްވާފައެވެ.
ސަޢޫދީޢަރަބިއްޔާއާއި ރާއްޖެއާ 2 ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން މި އެހީން ރަމްޒުކޮށްދެއެވެ. ސައުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކަދުރު ހަދިޔާކުރުން ނުވަތަ އެކި މުނާސަބަތުތަކާ ގުޅުވައިގެން ރާއްޖެއަށް މިފަދަ އެހީތައް ފޯރުކޮށްދެމުންދާކަން ފާހަގަކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި2026 މާރިޗު 29
ސަޢުދީ އިސްލާމީ ވުޒާރާއިން، ދިވެހި އިސްލާމީ ވުޒާރާއަށް ހަދިޔާކުރި ކަދުރު އެކި މުއައްސަސާތަކަށް ބަހައިފި.2026 މާރިޗު 15
އެމިރޭޓްސް ރެޑް ކްރެސެންޓުން ދިން ޒަކާތުގެ ފައިސާ، ޔަތީމުންނާއި ފަޤީރުންނަށް ޚަރަދު ކުރުމަށް ނިންމައިފި2026 މާރިޗު 15
ތާރީޚީ ދުވަހެއް: މިއަދު މާލޭގެ ހުރިހާ މިސްކިތެއްގައި އިމާމުވެ ހުކުރު ކުރެއްވީ ޒުވާން ޚަޠީބުން!2026 މާރިޗު 06