
ސަޢުދީ އިސްލާމީ ވުޒާރާއިން، ދިވެހި އިސްލާމީ ވުޒާރާއަށް ހަދިޔާކުރި ކަދުރު އެކި މުއައްސަސާތަކަށް ބަހައިފި.
ޒައުޖަތު އަޙުމަދުސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ކަދުރު، އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ވަނީ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރައްވާފައިވާ ކަމަށެވެ.
މި ކަދުރު ރަސްމީކޮށް ހަވާލުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަޙްޔާ ހަސަން އަލްޤަޙްޠާނީއެވެ. އަދި މި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއާއިމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނުގެ މަސައްކަތްޕުޅަށް ވަޒީރު ވަނީ ތަޢުރީފް ކުރައްވާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގެ ފަރާތުން ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅު ވަޒީރު ޑރ. ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި2026 އޭޕްރީލު 16
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި2026 މާރިޗު 29
އެމިރޭޓްސް ރެޑް ކްރެސެންޓުން ދިން ޒަކާތުގެ ފައިސާ، ޔަތީމުންނާއި ފަޤީރުންނަށް ޚަރަދު ކުރުމަށް ނިންމައިފި2026 މާރިޗު 15
ތާރީޚީ ދުވަހެއް: މިއަދު މާލޭގެ ހުރިހާ މިސްކިތެއްގައި އިމާމުވެ ހުކުރު ކުރެއްވީ ޒުވާން ޚަޠީބުން!2026 މާރިޗު 06