
އެމިރޭޓްސް ރެޑް ކްރެސެންޓުން ދިން ޒަކާތުގެ ފައިސާ، ޔަތީމުންނާއި ފަޤީރުންނަށް ޚަރަދު ކުރުމަށް ނިންމައިފި
ޒައުޖަތު އަޙުމަދުއެމިރޭޓްސް ރެޑް ކްރެސެންޓުން ދެއްވި ފިޠުރު ޒަކާތުގެ ފައިސާ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ޔަތީމުންނާއި ފަޤީރުންނަށް ޚަރަދު ކުރުމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއަށް ހަދިޔާކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ފިޠުރު ޒަކާތުގެ ގޮތުގައި 40،780.44 ޑޮލަރު (626,795.36 ރުފިޔާ) ދެއްވާފައިވާ ކަމަށެވެ.
މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ފިޠުރު ޢީދުގެ އުފަލުގައި ބައިވެރިކުރުމަށާއި، ޢީދު ހެދުން ގަނެދިނުމަށާއި، ފުޑް ޕެކޭޖު ދިނުމަށާއި ރޯދަ ވީއްލުން ދިނުމަށް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ދެއްވި މި ފައިސާއަކީ، މިއީ ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ގާތް ގުޅުން ހާމަކޮށްދޭ އެހީތެރިކަމެއްކަން ފާހަގަކޮށްލެވޭ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި2026 އޭޕްރީލު 16
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި2026 މާރިޗު 29
ސަޢުދީ އިސްލާމީ ވުޒާރާއިން، ދިވެހި އިސްލާމީ ވުޒާރާއަށް ހަދިޔާކުރި ކަދުރު އެކި މުއައްސަސާތަކަށް ބަހައިފި.2026 މާރިޗު 15
ތާރީޚީ ދުވަހެއް: މިއަދު މާލޭގެ ހުރިހާ މިސްކިތެއްގައި އިމާމުވެ ހުކުރު ކުރެއްވީ ޒުވާން ޚަޠީބުން!2026 މާރިޗު 06