logologologologo
STO
ޚަބަރު

13 މީހުންނާއިއެކު ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް ދިވެއްސަކު ގެއްލިއްޖެ

13 މީހުންނާއިއެކު ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް ދިވެއްސަކު ގެއްލިއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 09

13 މީހުންނާއިއެކު ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް ދިވެއްސަކު ގެއްލިއްޖެއެވެ.

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭ ދަންވަރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުން ކަމަށެވެ.

މީގެތެރެއިން އެކަކު (ބިދޭސީ އެއް) ފަތާފައި ލ. އޮޅުވެއްޔަށް އަރާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ.

ފުލުހުން ބުނީ މި ބޯޓުން ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅެވެ.

މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ގެއްލިފައިވާ މީހާގެ މަޢުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

MALDIVE GASAllied Insurance
އިތުރަށް