logologologologo
STO
ޚަބަރު

ސަލްމާ ރަޝީދު މަޤާމުން ވަތްކެއް ނުކުރެ، ރާއްޖެ ގެންނަނީ

ސަލްމާ ރަޝީދު މަޤާމުން ވަތްކެއް ނުކުރެ، ރާއްޖެ ގެންނަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 08

އދ. އަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަޤާމުން ވަކު ނުކުރައްވާ ކަމަށާއި ސަލްމާ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ޑރ. ސަލްމާ ރަޝީދު ރާއްޖެ ގެންނަނީ ޚާރިޖީ ވުޒާރާގެ "މަސައްކަތްތަކަކަށް" ކަމަށް އެ ވުޒާރާއިން މިއަދު ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން މަސައްކަތްތަކެއް ކަމެއް އެ ވުޒާރާއިން ވާހަކަ ދެއްކެވި އޮފިޝަލް ހާމަނުކުރައްވައެވެ.

ޑރ. ސަލަމާ އެ މަގާމުން ވަކިކުރެއްވުމަށް ފަހު، އެ މަގާމު އިއްޔެ އިޔާދަ ކޮށްފައިވާ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް އެ އޮފިޝަލް ވިދާޅުވީ، ސަލްމާ މަގާމުން ވަކިނުކުރާ ކަމަށާއި ސަރުކާރުން ރަސްމީކޮށް އެފަދަ ވާހަކައެއް ނުދައްކާ ކަމަށެވެ. 

އޮފިޝަލް ވިދާޅުވީ ސަލްމާ އަދިވެސް ހުންނެވީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމުގައި ކަމަށެވެ.

އަސްމާގެ ދަރިކަލުން މުޙައްމަދު ހުސައިން ޝަަރީފް (މުންދު) ވަނީ ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމުން އިއްޔެ ވަކިކުރައްވައިފައެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަސްމާގެ ދަރިކަނބަލުން އާމިނަތު ހުސައިން ޝަރީފު އެ މަގާމުން ވަތްކެއް ނުކުރައްވައެވެ.

ސަލްމާގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އައީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އޭނާގެ ދައްތަ އަދި މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައި ވަނިކޮށެވެ.

ނަމަވެސް ސަލްމާ މިވަގުތު ރާއްޖެ ގެނައުމާ، އަސްމާގެ އޯޑިއޯއާ ގުޅުމެއް ނެތް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

MALDIVE GASAllied Insurance
އިތުރަށް