
ނަޝީދު އަނެއްކާވެސް އެމްޑީޕީގެ އެތެރެ "ފަނިކޮށްލީތަ" ؟
އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެނބުރި އެޕާޓިއަށް އައުމުން ލިބުނު ކާމިޔާބީ އެއްގޮތަށް ދައްކަން ނަޝީދުގެ ލޯޔަލިސްޓުން މަސައްކަތް ކުރަން ފަށާފިއެވެ. އޭނާ އާއި ނުލާ އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެލިބުނު ކާމިޔާބު ނުލިބޭނެ ކަމަށް ހުދު ނަޝީދުވެސް ގަބޫލު ކުރާ ކަހަލަ އެވެ. ނަޝީދު ނެތި އެމްޑީޕީއަށް މިވަރުގެ ކާމިޔާބީއެއް ނުލިބޭނޭ ބުނެ އެމަނިކުފާނުގެ ސަޕޯޓަރުން އުތުރި އަރައިފި އެވެ. ޗެއާޕާސަން ހަނިމާދޫ ދާއިރާގެ އަބްދުލްގަފޫރު މޫސާ މަގާމުން ވަކިކުރުމުގެ މަސައްކަތް އެ ދަނީ ކުރިއަށެވެ.
ލޯކަލްކައުންސިލް އިންތިހާބަށް ފަހު އެމްޑީޕީން ބޭއްވި ޖަލްސާގައޮ ކޮންމެހެން ނަޝީދު ވާހަކަދައްކަން ޖެހިއްޖެ އެވެ. ކުރީ ބަރީގައި އިންނާކަށް ހިތްހަމައެއް ނުޖެހުނެވެ. އިންތިހާބު ކާމިޔާބު ކުރި ކެނޑިޑޭޓުންނާ ޕާޓީގެ ޗެއާޕާސަން ވާހަކަދައްކުން އެއީ ރަނގަޅު ގޮތެއްގެ ގޮތުގައި ނަޝީދު އަދި ނަޝީދުގެ ސަޕޯޓަރުންނަކަށް ނުފެނުނެވެ.
ޖަލްސާ ބޮއިކޮޓް ކުރިއެވެ. މިއީ ނަޝީދު އާއި އެޕަޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގުޅިގެން ޕާޓީގެ އެތެރެ "ފަނި ކޮށްލަން" ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަންފެށި އެވެ. ނުކުރަންވީ ސަބަބެެއް ނެތެވެ. ރައީސް ސޯލިހުވެސް ޖަލްސާގައި ވާހަކަފުޅެއް ނުދައްކަވެއެވެ. އެޕާޓީގެ ރިޔާސީ ރޭހުގައި އުޅުއްވާ އެއްވެސް ބޭފުޅެއް ވާހަކަ ނުދެއްކިގެން އުޅުއްވިތަނެއް ނުފެނެ އެވެ.
ނަޝީދު އުޅުނީ ކްރެޑިޓް ނަގަން ؟
ފުލުފުލުގައި 3 ބަލިވުމަށްފަހު އެމްޑީޕީއަށް ސިޔާސީ ގޮތުން ކާމިޔާބެއް ލިބިގެން މިދިޔައީ ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައެވެ. ހުރިހާ ސިޓީއެއްގެ މޭޔަރު ކަމާއި ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދި އެވެ. ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލް އިންތިހާބުވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އެއާއެކު ނަޝީދުގެ ފެކްޝަނުން ފެށީ އެހެން މަސައްކަތެކެވެ. ޕާޓީގެ އެތެރެ "ފަނިކުރުމުގެ" މަސައްކަތެވެ. އެ ކާމިޔާބުގެ އަސްލަކީ ނަޝީދުކަމަށް ދެއްކުމުގެ މަސައްކަތެވެ. އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރަކީ ނަޝީދުކަމަށް ބުނެ ސޯޝަލް މީޑިއާ ޕްރޮޕެގެންޑާއެއް ހިންގަން މަސައްކަތްކުރިއެވެ. 2023 ގެ ނަތީޖާއިން މިއީ ދޮގެއްކަން ސާފެވެ. އެމްޑީޕީ ރޫޅާލުމަށްފަހު އެމަނިކުފާނު ހެއްދެވި ޑިމޮކްރެޓްސްއަށް 20،000 މީހުންގެ ތާއީދުވެސް ނުލިބުނެވެ. ޕާތ=ޓީވެސް ނުހިންގި އުވެން ކައިރިވުމުން ގޮތްދޫކޮށް އަލުން އެމްޑީޕީއަށް އައީއެވެ.
މަސްލަހަތު ގެއްލުވާލީ ނަޝީދު އާއި ފައްޔާޒު
އެމްޑީޕީން ބޭއްވި ޖަލްސާގެ އެޖެންޑާގައި ހަމަޖެހިފައި އޮތީ ޕާޓީގެ ރައީސް އާއި ޕާޓީގެ ޗެއަރޕާސަން އާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއަރ ވާހަކަ ދައްކާ ގޮތަށް ކަމަށާއި ޖަލްސާގައި ވާހަކަ ދައްކަވަން ކުރީގެ ޗެއާޕާސަން ފައްޔާޒު އާއި ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވިއެވެ. ގަޕޯ ވިދާޅުވީ އެބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް އޭނާ މަސައްކަތް ކުރަމުންދަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ނަޝީދު އަދި ފައްޔާޒު ވާހަކަ ފެތުރީ ކަމަށާއި އެކަމާމެދު ހިތާމަ ކުރާ ކަމަށެވެ. މިކަންމުން ސާފު ވަނީ އެންމެ ކަމެކެވެ. ނަޗީދު ބޭނުންވަނީ އެމްޑީޕީގެ އެތެރެ ގަޑުބަޑުކޮށްގެންވެސް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ކެމެވެ.
ނަޝީދު ހައްދަމުން އެގެންދަވަނީ ސިޔާސީ ފަންޏެއް
ޖަލްސާ ވެސް މިހާރު އެވަނީ މާޒީވެފަ އެވެ. އެކަމަކު އެ ޖަލްސާއާ އެކު، އެމްޑީޕީ ތެރޭގައި ނަޝީދު ބާރު ގަދަކުރައްވަމުން ގެންދަވާކަން މި އޮތީ ފެންނާށެވެ. ނަޝީދާ އިދިކޮޅު ބައެއް ބޭފުޅުން ސިފަކުރައްވަނީ އަނެއްކާވެސް އެމްޑީޕީގައި 'އަންނި ފަނިހަދަނީ' ކަމަށެވެ. އެބަސް ރީތިކޮށްލާ ނަމަ ބުނެވޭނީ ކުރީގެ ރައީސް ނަޝީދު ދޫކުރެއްވި ޕާޓީއަށް އެނބުރިވަޑައިގެންފައި، ވަގުތުގެ ފައިދާ ނަންގަވަމުން، 'ފަނިހައްދަވަނީ' ކަމަށެވެ.
ޗެއާޕާސަންގެ މަގާމުން ގަފޫރު ވަކިކުރުމުގެ މައްސަލަ މިއަދު ހުށައަޅާނެ ކަމަށްވެ އެވެ. އޭގެ ފަހުން ގައުމީ މަޖިލިހުގެ ޖަލްސާއަކަށް ދާން ޖެހޭނެ އެވެ.
މަންޒަރު ވަރަށް ސާފެވެ. އަދިވެސް މިއުޅެނީ 2 ރައީސުންގެ ތަޅާފޮޅުމެކެވެ. ގައުމީ މަޖިލިހުގެ ކޮންޓްރޯލް ސޯލިހުގެ އަތްޕުޅުގައި ނެތް ނަމަ ޗެއާޕާސަން އިންތިހާބުގެ ކުރިން ވަގުތީ ޗެއާޕާސަންގެ މަގާމަށް ސީދާ ނަޝީދު ނުވަތަ ނަޝީދު ބޭނުންފުޅުވާ ބޭފުޅަކު ވަޑައިގަންނަވާފާނެކަމީ މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތެވެ.
ގޮތް ނިންމާނީ އެމްޑީޕީގެ މެންބަރުންނެވެ. 2 އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކުރެއްވި ބޭފުޅަކު އެއުޅުއްވަނީ އެކަމަށް ނޫނެނެކޭ ބުނި މީހުންގެ މައްޗަށް އެ ކްރެޑިޓްވެސް ނަންގަވާށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަކުރަމް، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާޢީދުކުރައްވައިފި2026 މާރިޗު 26
އެމްޑީޕީގެ އެދުމުގެމަތިން އެޗްއާރުސީއެމުން އެ ޕާޓީއާ ބައްދަލުކޮށްފި2026 މާރިޗު 23
އެމްޑީޕީގައި އިސްކޮށް ތިބީ "ދަލުބޭރުން" ޖެހިގެން އައި ބައެެއް: ސަަރަނގު އާދަމް މަނިކު2026 މާރިޗު 22
ދައުލަތުގެ މީޑިއާ ޕީއެސްއެމް ހިންގުމަށް ހުރަސް ނޭޅުމަށް އެ ކުންފުނިން އެމްޑީޕީއަށް އިލްތިމާސްކޮށްފި2026 މާރިޗު 16