logo
logo
މިހާތަނަށް %62 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މިހާތަނަށް %62 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

2026 އޭޕްރީލު 04
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މިހާރު ކުރިއަށްދާ އިންތިޚާބުގައި ހަވީރު 4 ޖެހުމާ ހަމައަށް %60 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން އާންމު ކުރި މައުލޫމާތުން ދައްކާގޮތުގައި މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިގެންދާ 62.iu98 އިންސައްތަ މީހުންނެވެ. އެއީ 185،709 މިހުންނެވެ. 

މިހާތަނަށް ވޯޓުލި މީހުންގެ ތެރޭގައި 92،567 އަންހެނުންނާއި 93،142 ފިރިހެނުން ހިމެނެއެވެ.

މިއަދު ކުރިއަށްދާ އިންތިޚާބުގައި 3 ވޯޓެއް ނަގައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް