logo
logo
ވޯޓުލުމުގެ ވަގުތު 5 ޖެހުމާ ހަމައަށް އިތުރުކޮށްފި

ވޯޓުލުމުގެ ވަގުތު 5 ޖެހުމާ ހަމައަށް އިތުރުކޮށްފި

2026 އޭޕްރީލު 04
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ވޯޓުގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވަނީ ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ ކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުން ހަވީރު 5:00އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުުރު ކޮށްފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިތުރު ކުރި ވަގުތާއެކު ހަވީރު 5:00 ޖެހުމުގެ ފަހުން އެއްވެސް މީހަކަށް ކިޔޫއަށް އެރުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި އެ ވަގުތުގައި ކިޔޫގައި ތިބި ބަޔަކު ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނެއެވެ.

މި އިންތިޚާބުގައި ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

މި ވޯޓުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވާއިރު މިހާތަނަށް ވޯޓުނުލަނީ 162،929 މީހުންނެވެ. އެހެންކަމުން ވޯޓު ކިޔޫތައް ބަންދުކުރުމުގެ ކުރިން ވީހާވެސް ގިނަ މީހުން ވޯޓުލުމުގެ ޙައްގު އަދާކުރުމަށް ކިޔޫގައި ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް