
މެންދުރާއި ހަމައަށް 60،000 ވުރެ ގިނަ މީހުން ވޯޓު ލައިފި
2026 އޭޕްރީލު 04
މިއަދު ކުރިއަށްދާ 3 ވޯޓުގައި 12 ޖެހުމާ ހަމައަށް 62 ހާހަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލާން ފެށީ ހެނދުނު 8 ޖެހިއިރެވެ.
މިއަދުގެ އިންތިޚާބުތަކުގައި ވޯޓު ލުމުގެ ޙައްގު ލިބިގެންވާ 294،876 މީހަކަށްވަނީ ލިބިފައެވެ. އާންމުނަށް ވޯޓުލެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 588 ވޯޓު ފޮށިވަނީ ބަހައްޓާފައެވެ. ވޯޓު ލުން ކުރިއަށްދާނީ މިއަދު ހަވީރު 4 ޖެހުމާ ހަމައަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most



