ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރާ ފުރަތަމަ ޕާކިން ބިލްޑިންގުގެ ބިންގާއަޅައިފި

ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރައްވާ ފުރަތަމަ ޕާކިންގް ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި މަސައްކަތަކީ މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިން މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދަވާ މަސައްކަތެކެވެ.
މިއަދު ހެނދުނު ހުޅުމާލޭ 1ގައި އޮތް މި ރަސްމިއްޔާތުގައި، ޕާކިން ބިލްޑިންގގެ ބިންގާ އަޅުއްވައިދެއްވައި، ޢަމަލީ ގޮތުން މަސައްކަތް ފައްޓަވައިދެއްވީ، ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
އެޗްޑީސީއާއި ދަތުރުފަތުރާބެހޭ ވުޒާރާ ގުޅިގެން، ޕްރައިވެޓް ސެކްޓަރ އިނިޝިއޭޓަޑް ޕްރޮޖެކްޓް (ޕީ.އެސް.އައި.ޕީ) އުސޫލުން، ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑުން، އެން.އެކްސް.ޓީ ބައި ބެޗްގެ ނަމުގައި ހުޅުމާލޭގައި، 24 މަސްދުވަހުގެ ތެރޭގައި ތަރައްޤީކުރައްވާ 13 ފަންގިފިލާގެ މި ޕާކިންގ ބިލްޑިންގަކީ، 4 ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދާއި، 500 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގައިގެ، އެންމެ ޒަމާނީ ފެންވަރުގެ ޕާކިންގ ބިލްޑިންގެކެވެ.
މިއީ މާލޭ ސަރަޙައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުތައް ގިނަވެ، ޕާކުކުރެވޭނެ ސަރަޙައްދު ނުލިބި، އުޅަނދުތައް ރަޖިސްޓްރީކުރުމަށް ގަރާޖު ނުލިބޭ ހާލަތު ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްވަވާފައިވާ ރޭވުންތަކުގެ ޢަމަލަކީ މަސައްކަތްތަކުގެ ފެށުމެވެ.
ގްރޭޓަރ މާލޭ އޭރިއާގެ އާބާދީ އިތުރުވަމުންދިއުމާއެކު، ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގގެ ޖާގައިގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ހުޅުމާލޭގައި 7 ޕާކިންގ ބިލްޑިންގް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބާކީ އޮތް 6 ބިލްޑިންގގެ މަސައްކަތްވެސް، ހަވާލުކުރެވިފައިވަނީ ދިވެހި 6 ކުންފުންޏަކާއެވެ.
މާލޭ ސަރަހައްދުގެ މަގުމަތަކުގައި ތޮއްހެހިފައިވާ އުޅަނދުތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ޕާކިންގ ބިލްޑިންގ އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
އިތުރަށް





.gif.gif&w=828&q=100)
