ހަނި ގޯޅިތަކުގައި ދަތި ޙާލުގައި އުޅޭ ޢާއިލާތަކަށް ބޯހިޔާވަހިކަމުގެ ވަކި ސިޔާސަތެއް ކަނޑައަޅަން ސަރުކާރުން ނިންމައިފި

ހަނި ގޯޅިތަކުގައި ދަތި ޙާލުގައި އުޅޭ ޢާއިލާތަކަށް ބޯހިޔާވަހިކަމުގެ ވަކި ސިޔާސަތެއް ކަނޑައަޅަން ސަރުކާރުން ނިންމައިފިއެވެ.
މި ސިޔާސަތަކީ މާލޭގެ ރައްޔިތުންނަށް ކަނޑައަޅާ ސިޔާސަތެކެވެ.
އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ކުދި ތަންތަންކޮޅުގައި، އެންމެ ދަތި ޙާލުގައި ދިރިއުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މުއްޠަލިބް ވިދާޅުވީ ތަފާތު ސަބަބުތަކާ ހުރެ ގޯތި ނުހެދި ތަންތަންކޮޅު ބައިކޮށްގެން، ވަރަށް ކުދި ތަންތަން ކޮޅުގައި އުޅޭ މާލެއަށް ނިސްބަތްވާ އާއިލާތައް ފާހަގަކުރެވިފަވާ ކަމަށެވެ. މިއީ މާލޭގައި ޒަމާނުއްސުރެ އޮތް ބިމުގެ ދަތިކަމާއި އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކުންވެސް ފުރުޞަތު ނުލިބިވާ އާއިލާތައްކަން ވާޒީރު ފާހަގަކުރެއްވިއެވެ. އަދި އިތުރު ޙައްލެއް ހޯދޭނެ އެއްވެސް ގޮތެއްވެސް ނެތް އާއިލާތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޯރ-ޓު-ޑޯއަށް ވަޑައިގެން ރައްޔިތުންނާ ބަދަލުކުރައްވާއިރު، ރައްޔިތުންގެ ޙާލަތު ވަރަށް ގާތުން ފެނިގެން ދާ ކަމަށެވެ. ބައެއް ޢާއިލާތައް ދިރުއުޅެމުންދަނީ އިންސާނުން ދިރިއުޅުމަށް އެކަށީގެން ނުވާ ތަންތަންކޮޅުގައި ކަމަށާއި އެހެންކަމުން އެފަދަ އާއިލާތަކުގެ ޙާލަތު ދެނެގަނެ، އެ ޢާއިލާތައް ފާހަގަކޮށް އެ ޙާލަތުން ނެރެވޭނެ ގޮތެއް ހޯދުމަށް ނިންމައި، އެކަމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)