logologologologo
STO
ޚަބަރު

ހެޔޮ ބަދަލެއް، ގޯތި ލިބުނު މީހުންނަށްވެސް ފުލެޓަށް ކުރިމަތިލެވޭނެ

ހެޔޮ ބަދަލެއް، ގޯތި ލިބުނު މީހުންނަށްވެސް ފުލެޓަށް ކުރިމަތިލެވޭނެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މާރިޗު 30

ގޯތި ލިބުނު މީހުންނަށްވެސް ފުލެޓަށް ކުރިމަތިލެވޭނެ ގޮތަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނާއި، އަދި އެހެނިހެން ސްކީމްތަކުން ގޯތި ލިބުނު މީހުންނަށް، އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެދަށުން ފްލެޓަށް ކުރިމަތިލެވޭގޮތަށް ހުޅުވާލަން ނިންމާފަވާކަމަށެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް މިހާތަނަށްވެސް އެކި ބަދަލުތައް ގެންނަން ނިންމާފަވަނީ ރައްޔިތުންނާއެކު ކުރިއަށްގެންދިޔަ އެކި ބައްދަލުވުންތަކުގައި އެގޮތަށް އެދެމުންދާތީކަމަށާއި މިހާރު ދޭން ނިންމާފައިވާ ފުރުޞަތަކީވެސް ރައްޔިތުން އެކަމަށް އެދެމުންދާތީ ގެނައި ބަދަލެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅުންވެސް ބިން ލިބުނު މީހުންގެ ތެރޭގައި ނިކަމެތި ޢާއިލާތައް އެބަތިބިކަމަށެވެ. އަދި ހިއްކައިގެން ތަރައްޤީކުރާ ތަންތަން ތަރައްޤީކުރުމަށްވެސް އަދި ވަގުތު ނަގާކަމަށެވެ. އެހެންކަމުން، މާލެ ސަރަޙައްދުން ފްލެޓް ހޯދުމުގެ މި ފުރުޞަތަކީ، ގެ އެޅުމަށް މާލީ ތަނަވަސްކަން ނެތް މީހުންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެއްކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރީ ކޮންމެ ސަރުކާރެއްގެ ކޮންމެ ސްކީމަކުން ގޯތި ލިބުނު މީހުންނަށްވެސް، އެ ގޯތި ދޫކޮށްލާ ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.

"އިމާރާތްކުރުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ، އަދި ގިނަ ދުވަސް ނަގާނެ. އެހެންވީމަ ރައްޔިތުން އެބަ އެދެމުންދޭ، އެތަންތަން ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލެވިދާނެތޯ. އެހެންވީމަ އެ ފުރުޞަތު ދޭން ސަރުކާރުން މި އުޅެނީ. ޕޯޓަލްގެ ތެރެއަށް ސްކީމް އިތުރުކުރުމުގެ މަސައްކަތްތައް އެދަނީ ކުރަމުން. 2-3 ހަފްތާ ތެރޭ ހުޅުވާލެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓް ދޫކުރާނީ، ކުރިން ލިބުނު ބިން ދޫކޮށްލާ އުސޫލުންކަމަށެވެ. ސަރުކާރުން ވަނީ ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންވެސް، އެންމެން އެއްކޮށް ގޯތި ދޫކޮށްލާނަމަ ވަކިން ގޯއްޗަށް ހުށައެޅުމުގެ ހުޅުވާލާފައެވެ. ރައީސް ވިދާޅުވީ މިގޮތަށް ވަކިވާ މީހުންނަށްވެސް ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް