logologologologo
STO
ޚަބަރު

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް މަތިވެ ބިލިއަން ޑޮލަރަށް އުފުލިއްޖެ!

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް މަތިވެ ބިލިއަން ޑޮލަރަށް އުފުލިއްޖެ!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ފެބްރުއަރީ 21

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް މަތިވެ ބިލިއަން ޑޮލަރަށް އުފުލިއްޖެއެވެ.

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްއަށް 300 މިލިޔަން ޑޮލަރު އިތުރުވެ ރިޒާވް މައްޗަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއާއެކު ރަސްމީ ރިޒާވްވެސް ވަނީ މަތިވެފައެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 1.03 ބިލިޔަން ޑޮލަރެވެ. މިދިިޔަ އަހަރު ނިންމާލިއިރު މިއަދަދު ހުރީ 983.04 މިލިޔަން ޑޮލަރުގައެވެ. މިއީ 4 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ ރަސްމީ ރިޒާވު މިފަހުން ބިލިޔަނަކަށް އެރި ފުރަތަމަ ފަހަރެކެވެ.

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވުގައި ޖަނަވަރީ މަސް ނިންމާލިއުރު ހުރީ 301.4 މިލިޔަން ޑޮލަރެވެ. މިއީ ބޭނުން ކުރެވޭ ރިޒާވު މީގެ 2 އަހަރު ކުރިން ހީނަރުވުމަށް ފަހު މިދިޔަ އަހަރުން ފެށިގެން އަންނަ ހެޔޮ ބަދަލާއެކު މިވަރަށް މައްޗަށް ޖެހިލި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 244.1 މިލިޔަން ޑޮލަރެވެ. އެހެން ކަމުން މިއީ 25 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތުގެ ރިޒާވް މަތިވުމަށް މެދުވެރިވި އެއް ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. ހަމައެއާއިއެކު ބޭރު ފައިސާގެ ޤާނޫނު އިސްލާޙްކޮށް އެ ޤާނޫނަށް މިދިޔަ އަހަރު ޢަމަލުކުރަން ފެށިފަހުން ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަަން ޖެހެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް