logo
logo
ޖެނުއަރީ މަހު ހުޅުވި އައްޑޫ ކެތު ލެބުން މިހާތަނަށް 16 މީހުންނަށް ފަރުވާދީފި

ޖެނުއަރީ މަހު ހުޅުވި އައްޑޫ ކެތު ލެބުން މިހާތަނަށް 16 މީހުންނަށް ފަރުވާދީފި

2026 ފެބްރުއަރީ 19
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އައްޑޫ ކެތު ލެބުން މިހާތަނަށް 16 މީހުންނަށް ފަރުވާދީފިއެވެ.

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުން މިހާތަނަށް 16 މީހުންނަށް ފަރުވާދީފައިވާ ކަމަށާއި އޭގެ ތެރެއިން 7 މީހަކަށް ސީއޭޖީ އަދި އެންޖިއޯ ޕްލާސްޓީ ހަދާފައިވާ ކަމަށާއި، 9 މީހަކަށް ސީއޭޖީ ހަދާފައިވާ ކަމަށެވެ.

ކެތު ލެބަކީ، ހިތާއި ލޭހޮޅިތަކުގެ ޞިއްޙީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަ ކޮށްފައިވާ ލެބެކެވެ. މި ލެބުގައި ހިތުގެ ލޭ ހޮޅިތަކުގެ ހާލަތު ދެނެގަތުމަށް ކެތިޓާ ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ލޭހޮޅިތަކުގެ ތެރެއަށް ކުލައެއް ފޮނުވައި، އެކްސްރޭގެ ޒަރިއްޔާއިން ލޭހޮޅިތަކުގެ ހާލަތު ބަލައި، ލޭހޮޅި ބެދޭ ފަދަ އެއްޗެއް ހުރިނަމަ އެތަން ފުޅާކުރުމަށް ސްޓެންޓް ފަދަ ވަސީލަތްތައް ބޭނުން ކުރެވެއެވެ.

އެންޖިއޯގްރަފީއަކީ، ބަލި ދެނެގަތުމަށް ކުރާ ޓެސްޓެކެވެ. މި ޓެސްޓު ކުރުމަށްޓަކައި އަތުގެ ކުޑަހުޅުން ނުވަތަ އުކުޅުވަޅުން ހިމަ ހޮޅިއެއް (ކެތީޓަރ) އެތެރެ ކުރެވެއެވެ. އެއަށްފަހު ހިތުގެ ލޭހޮޅިތަކަށް (ކޮރޮނަރީ އާޓަރީޒް) ޑައި އެއް ފޮނުވައި، އެކްސް-ރޭ ފޮޓޯ ނަގައިގެން ލޭހޮޅިއެއް ބެދިފައިވޭތޯ ބަލައެވެ.

އެންޖިއޯ ޕްލާސްޓީއަކީ، ބައްޔަށް ދޭ ފަރުވާއެކެވެ. ލޭހޮޅިއެއް ބެދިފައިވާނަމަ، ބެލޫނެއް ފުއްޕައިގެން އެ ލޭހޮޅިއެއް ހުޅުވައިދެއެވެ. އާންމު ގޮތެއްގައި، ލޭހޮޅި ހުޅުވިފައި ބެހެއްޓުމަށްޓަކައި "ސްޓަންޓް" އެއް ލައްވައެވެ. މީގެ ސަބަބުން ހިތަށް ލޭ ދައުރުވުން ރަނގަޅު ކޮށްދެއެވެ. މިއީ، އެންޖިއޯގްރަފީއާ އެއްފަދަ ކަމެކެވެ. ނަމަވެސް މިއީ ޚާއްޞަކޮށް ހިތުގެ ލޭހޮޅިތަކަށް ކުރާ ޓެސްޓެކެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި އައިޖީއެމްއެޗް ގުޅިގެން އައްޑޫގައި ހިތުގެ ބަލިތަކަށް ދޭ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން އިންޓަވެންޝަނަލް ކާޑިއޮލޮޖީ ނުވަތަ ކެތު ލެބުގެ ޚިދުމަތް ފެށީ، ޖެނުއަރީ މަހުގެ 28 ވަނަ ދުވަހެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް