
އައިޖީއެމްއެޗްގައި ބަރުދަން ލުއިކޮށްދޭ ބެރިއަޓްރިކް ސާޖަރީ ހަދަން ފަށައިފި
ބަރުދަން ލުއިކޮށްދޭ ބެރިއަޓްރިކް ސާޖަރީ އައިޖީއެމްއެޗްގައި ހަދަން ފަށައިފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާ ގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް ކުރާ މި އޮޕަރޭޝަންގެ ސަބަބުން، ބަރުދަން ބަރުވުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ދެން ބޭސްކުރަން ނުޖެހޭނެ ކަމަށެވެ.
އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި ހިތުގެ ބަލިތައް އަދި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވާން ވެސް އެ އޮޕަރޭޝަންގެ ސަބަބުން އެހީދޭނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ހޮސްޕިޓަލެއްގައި މުޅިން އަލަށް އެފަދަ މުހިންމު ހިދުމަތެއް ފެށުމަށް ސާޖަރީ ޑިޕާޓްމަންޓުގެ ޓީމުން މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ މަސައްކަތް ކާމިޔާބުވެފައިވަނީ އެތައް ބައެއްގެ މަސައްކަތުންނާއި އެހީތެރިކަމާ އެކުގައި ކަމަށް ވެސް ވިދާޅުވިއެވެ. ހަލީލް ވަނީ އެ ހޮސްޕިޓަލުގެ ސަރޖަނުންނާއި، އެފަރާތްތަކާއެކު މަސައްކަތްކުރާ ހޭނައްތާ ޑޮކްޓަރުން، ނަރުހުން، އެހެނިހެން ޓެކްނިކަލް/ކްލިނިކަލް މަސައްކަތްތެރިންނާއި އިދާރީ މުވައްޒަފުން އަދި ސަޕޯޓް ސްޓާފުން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސާޖަން، ޑރ. އަޒްނާގެ ނަން ވަކިން ފާހަގަކޮށް މަރުޙަބާ ދަންނަވާފައިވެއެވެ.
ހަލީލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަވަމުންދާ ހަރުދަނާ އަދި ތަރައްގީގެ ކުރިއެރުންތަކަކީ ފަހުގެ ތާރީހެއްގައި އެ ދާއިރާއިން ދެކުނު ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކެއް ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އައްޑޫ ކާރު އެކްސިޑެންޓެން: ހާލު ސީރިއަސްވި ޑްރައިވަރު މާލެއަށް، އޮތީ ވެންޓިލޭޓަރުގައި!2026 މާރިޗު 22
ޖެނުއަރީ މަހު ހުޅުވި އައްޑޫ ކެތު ލެބުން މިހާތަނަށް 16 މީހުންނަށް ފަރުވާދީފި2026 ފެބްރުއަރީ 19
ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ލޮލުގެ ފަރުވާއެއް އައިޖީއެމްއެޗުން ދޭން ފަށައިފި2025 އޮކްޓޯބަރު 09
ހިލޭ އައިނު ހެއްދޭ ފިހާރައެއް އައިޖީއެމްއެޗްގައި ހުޅުވައިފި!2025 ޖުލައި 27