ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ލޮލުގެ ފަރުވާއެއް އައިޖީއެމްއެޗުން ދޭން ފަށައިފި

ދުވަސް ނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށް ދެވޭ ޚާއްޞަ ފަރުވާ ދޭން އައިޖީއެމްއެޗްގައި ފަށައިފިއެވެ.
އިއްޔެ މި ޚިދުމަތް ދޭން ފަށާފައިވާއިރު، މިކަމާއި ގުޅިގެން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބުރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓް ގެ ޚިދުމަތްދޭން އައިޖީއެމްއެޗްގައި ފެށިގެން ދިޔުމަކީ ނުހަނު އުފާވެރި ކަމެއް ކަމަށެވެ.
ޙަލީމް ވިދާޅުވީ މިކަމަކީ އެންމެ ނާޒުކު ތުއްތު ކުދިން ކަމުގައިވާ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްޞަ ފަރުވާ އެއް ކަމަށެވެ.
ޙަލީމް ވިދާޅުވީ މިޚިދުމަތް ރާއްޖެ އިން ދެވެން ފެށުމާއެކު މިފަދަ ކުދިންނަށް ފަރުވާ ލަސްނުވެ ޚިދުމަތް ދިނުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެގެން ގޮސްފައި ކަމަށެވެ.
މީގެއިތުރުން ޙަލީމް ވަނީ އައިޖީއެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންނަށް މަރުޙަބާއާއި ޝުކުރުދަންނަވައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)
