ސުނާމީ ބިނާ ހިމެނޭ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ސުނާމީ ބިނާ ހިމެނޭ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މި މަސައްކަތް ފެށުމާއި ގުޅިގެން ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ އެސަރަޙައްދުގެ ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތުކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދަކީ ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީ އިން ފަށާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތަކީ މާލޭގައި ހުރި އެކިއެކި ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެއް ކަމަށެވެ.
ސުނާމީ ބިނާ ހުންނަނީ މާލޭގެ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ނުވަތަ ޓީ ޖެޓީ ހިމެނޭ ސަރަހައްދުގައެވެ.
އިތުރަށް





.gif.gif&w=828&q=100)