
ރައީސްގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންފި
ޒައުޖަތު އަޙުމަދުރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ 2025 ގައި ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހެނދުނު މޫކާއި ހޮޓަލުގައި ބޭއްވި މި ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމުން އެކަމަނާއަށް އަދި މި ރަސްމިއްޔާތުގެ ޚާއްޞަ މެހެމާން، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ އަށް ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.
މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައިވަނީ، 2024 ވަނަ އަހަރުގެ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ބަޔާން އިއްވާފައެވެ.
މީގެ އިތުރުން މި ޖަލްސާގައި، ޖަލްސާގެ ޚާއްޞަ މެހުމާނު ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިޢުމާތު ޝަފީޤަށް ވަނީ ޓޯކަން އޮފް އެޕްރިސިއޭޝަނެއް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އިސްވެރިން އަދި ގިނަ އަދަދެއްގެ ގައިޑުން ބައިވެރިވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
"ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ ކުރެހުމުގެ މަޢުރަޒު އިފުތިތާޙުކޮށްފި2026 ޖެނުއަރީ 22
ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ވަޒީފާ ލިބުމަކީ އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް: މެޑަމް ސާޖިދާ2025 ޑިސެމްބަރު 11
ހުނަރުވެރިކަން ދަސްކުރުމަށް ހުރި ފުރުޞަތުގެ ބޭނުން ހިފުމަށް، ރައީސްގެ އަނބިކަނބަލުން ގޮވާލައްވައިފި2025 އޮކްޓޯބަރު 29
އަޙްމަދިއްޔާ ސްކޫލަކީ ފަޚްރުވެރި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ޒިންމާދާރު އެތައް ދަރީންނެއް ބިނާކޮށްފައިވާ ސްކޫލެއް: ފަސްޓް ލޭޑީ ސާޖިދާ2025 ސެޕްޓެމްބަރު 06