logologologologo
STO
ޚަބަރު

"ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ ކުރެހުމުގެ މަޢުރަޒު އިފުތިތާޙުކޮށްފި

"ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ ކުރެހުމުގެ މަޢުރަޒު އިފުތިތާޙުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖެނުއަރީ 22

"ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ ކުރެހުމުގެ މަޢުރަޒު އިފުތިތާޙުކޮށްފިއެވެ.

މި މައުރަޒު އިފްތިތާޙް ކޮށްދެއްވީ އެކަމަށްޓަކައި ނޭޝަނަލް އާޓް ގެލެރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

"ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ މި މަޢުރަޒަކީ ކުރެހުންތެރިޔާ ޙުސައިން އަލީ މަނިކުގެ ފިހިން ދިވެހި ދިރިއުޅުމުގެ އާދަކާދައާއި މަސައްކަތްތެރިކަން ސިފަކޮށްދޭ މަންޒަރުތައް ހިމެނޭ މަޢުރަޒެކެވެ. މި މަޢުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ވިވިޑް ރިއަލިޒަމް – މައި ޖަރނީ ތްރޫ ދަ ކަލަރސް އޮފް އަ ނޭޝަން" ފޮތް ނެރެދެއްވާފައެވެ.

"ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްދާ މި މަޢުރަޒު ހުޅުއްވައިދެއްވުމަށްފަހު، އެކަމަނާ ވަނީ މަޢުރަޒު ބައްލަވާލައްވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

MALDIVE GASAllied Insurance
އިތުރަށް