ޝަހީދު ޢަލީ ސްކޫލް ހުޅުވައިފި

ރައީސް ޑރ މުއިއްޒުގެ މި ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ފުރަތަމަ ސްކޫލް، "ޝަހީދު ޢަލީ" ސްކޫލް ރަސްމީކޮށް ހުޅުވައިފިއެވެ. މި ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
މި ސްކޫލު ރަސްމީކޮށް ހުޅުވުމަށްޓަކައި އެ ސްކޫލުގައި މިއަދުވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ޝަހީދު ޢަލީ ސްކޫލުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. އަދި 2 އަހަރުގެ ތެރޭގައި ސްކޫލްގެ މަސައްކަތް ނިންމާ މިހާރުވަނީ ކިޔަވައިދޭން ފަށާފައެވެ.
މިސްކޫލްގައި މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑަކާއި އިންޑޯ ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. މި ސްކޫލަކީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެއްނަމަވެސް ދެ ދަންފަޅިއަށް ކިޔަވައިދޭނަމަ 2500 ކުދިންނަށް ކިޔަވައިދެވޭނޭކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާ ޝަހީދު އަލީ ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމު ހިމެނެއެވެ. އަދި 400 ކުދިންގެ އޮޑިޓޯރިއަމަކާއި ލައިބްރަރީ އާއި ކޮމްޕިއުޓަރު ލެބާއި 3 ސައިންސް ލެބާއި އިންޑޯ ހޯލަކާއި ބޭރުގައިވެސް ކުޅިވަރު ކުޅޭވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
