
ބޯޓު ބަންޑުންޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ
ކ.ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިއަށް މިއަދު ބަންޑުން ޖަހާލި ބޯޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފެނިފައިވާ މި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެއްސެއްގެ ހަށިގަނޑުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެމްޑީއެފުން ވިދާޅުވީ، އެމީހާގެ ހަށިގަނޑު މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކޮށްފައިވާކަމަށެވެ.
މިހާދިސާ ހިނގިއިރު ބޯޓުގައި ޖުމްލަ 4 މީހުން ތިބިއިރު އޭގެ ތެރެއިން 2 މީހަކު ވަނީ އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައެވެ. ހޯދަމުން ދިޔައީ ދިވެއްސަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 2 މީހުންނެވެ. މީގެ ތެރެއިން ދިވެހި މީހާގެ ހަށިގަނޑު ފެނިފައިވާއިރު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު 7:27 ޖަހާކަށްހާއިރު ބަންޑުން ޖަހާލާފައިވަނީ "ބަލްމާ – 6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ.
އެބޯޓު ތާޖު އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓުގާޑް ޑައިވަރުންގެ ޓީމެއް އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޤައުމީ ފުޓްސަލް ޓީމު ހޯދި ކާމިޔާބީ ފާހަގަކުރަން މާލޭގައި މިރޭ ހަވާ އަރުވަނީ 2026 ޖެނުއަރީ 27
މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިގެން ހޯދަނީ2026 ޖެނުއަރީ 18
ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިން ޙަރަކާތްތެރިވަނީ 2026 ޖެނުއަރީ 07
ދެކުނަށް ކުރަމުން އަންނަ ވިއްސާރާގައި އައްޑުއަށް ގެއްލުންތަކެއް ވެއްޖެ!2025 ޑިސެމްބަރު 31