
ފަސް ދުވަހުން ދިއްދޫގެ 21 ހެކްޓަރުގެ ބިން ހިއްކައިފި
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 21 ހެކްޓަރ ބިން ހިއްކައިފިއެވެ.
ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އެރަށަށް 111 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 5 ވަނަ ދުވަހު ފަށާފައިވާއިރު، މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. މިއާއިއެކު މުޅި މަސައްކަތުގެ 18.75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
ދިއްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ވިދާޅުވެ. ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ގެނައި 3 ވަނަ ޑްރެޖަރެވެ.
ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއާޢެކު، ދިއްދޫގެ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބި، އެއާޕޯޓު ތަރައްޤީ ކުރުމާއި ބޯހިޔާވަހިކަމަށް ބިން ދިނުމުގެ މައްސަލައަށް ޙައްލު ލިބިގެން ދާނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
20 ދުވަހުން ދިއްދޫ ބިމުގެ 41 ހެކްޓަރު ހިއްކައިފި2026 ޖެނުއަރީ 25
ހުޅުމާލެ އަދި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި2026 ޖެނުއަރީ 20
މަރްޙޫމް ނަޢީމްގެ ޚިދުމަތުގެ ހަނދާންތައް ފަނޑުވުމެއްނެތި ދެމިހުންނާނެ: ރައީސް މުޢިއްޒު2026 ޖެނުއަރީ 13