logo
logo
އެންމެ 50 ދުވަހުގެތެރޭ ދިއްދޫ ބިން ހިއްކައި ނިންމައިފި

އެންމެ 50 ދުވަހުގެތެރޭ ދިއްދޫ ބިން ހިއްކައި ނިންމައިފި

2026 ފެބްރުއަރީ 23
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އެންމެ 50 ދުވަހުގެތެރޭ ހއ. ދިއްދޫ ބިން ހިއްކައި ނިންމައިފިއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ދިއްދޫ ބިން ހިއްކާ ނިމިފައިވާ ކަމަށާއި އެ މަސައްކަތަށް ބޭނުންވާ ޑްރެޖާ ދިއްދުއަށް ގެނެސްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 3 ގައި ކަމަށެވެ.

 

 

ދިއްދޫގެ ބިން ހިއްކާފައި ވަނީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް އެ ރަށުގައި އެއާޕޯޓެއް އަޅުމަށާއި އަސާސީ އެހެނިހެން ބޭނުންތަކަށް ބޭނުން ކުރުމަށެވެ.

މި މަޝްރޫޢުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު 4 ޖެނުއަރީ 2026 ގައި ފަށައިގެން 23 ފެބުރުއަރީ 2026 އަށް ނިންމާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި މަޝްރޫޢުގެދަށުން 50 ދުވަހުގެ ތެރޭގައި 112 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.

ދިއްދޫ ބިން ހިއްކުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރު ދުވެލީގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ 2025 ވަނަ އަހަރު ދިއްދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް