
20 ދުވަހުން ދިއްދޫ ބިމުގެ 41 ހެކްޓަރު ހިއްކައިފި
ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށާއި އަސާސީ އެހެނިހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 20 ދުވަސްތެރޭ 41 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ ކަމަށް، އެ މަސައްކަތްކުރާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް)އިން ބުނެފިއެވެ.
މީޑިއާ އާއިި ހިއްސާކުރި މައުލޫމާތުގައި އެމްއޭސީއެލުން ބުނީ، ދިއްދޫގައި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައި، 36.6 ޕަސެންޓުގެ މަސައްކަތް މިހާތަނަށް ނިންމާފައިވާ ކަމަށެވެ.
ދިއްދޫގެ ހުޅަނގު ފަރާތް ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެމްއޭސީއެލުން 110 ހެކްޓަރުގެ ބިމެއް އެ ރަށަށް އިތުރުކުރާނެއެވެ. އެ މަސައްކަތް އެމްއޭސީއެލުން ފެށީ މިމަހުގެ ފަސްވަނަ ދުވަހުގެ ފަތިހެވެ.
އެ ރަށުގެ ބިން ހިއްކުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރު ދުވެލީގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދިއްދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ. އަދި އެ މަނިކުފާނު ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަސައްކަތް ނިމި، ފުރަތަމަ ޖައްސާ ފްލައިޓުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23