logo
logo
އެކަނިވެރި މައިންނަށް ލިބޭނީ  12،000 ރުފިޔާ ކަމަށް ނިންމައިފި

އެކަނިވެރި މައިންނަށް ލިބޭނީ 12،000 ރުފިޔާ ކަމަށް ނިންމައިފި

2025 ޑިސެމްބަރު 26
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އެކަނިވެރި މައިންނާއި ބަފައިންނަށް ލިބޭނީ 12،000 ރުފިޔާ ކަމަށް ސަރުކާރުން ނިންމައިފިއެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް 15،000 އަށް ބޮޑުކުރަން އިއްޔެ ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިހާރު ވަނީ އެ އަދަދު 12،000 އަށް ބަދަލުކޮށް އަލުން ޤަވާޢިދު އިޞްލާޙް ކޮށްފައެވެ.

އިއްޔެ އާންމު ކުރި ޤަވާޢިދުގައި، 4 ކުދިންނަށް ވުރެ އިތުރުވާ ކޮންމެ ކުއްޖަކަށް 1,000 ރުފިޔާ ދޭން އޮތް މާއްދާ މިހާރު ވަނީ އުނިކޮށްފައެވެ.

އަލަށް ގެނައި ބަދަލާ އެކު، ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ގިނަވެގެން ހަތަރު ކުދިންނާ ހަމައަށެވެ. އެގޮތުން ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން، ޖުމްލަ 12,000 ރުފިޔާ އެހީގެ ގޮތުގައި ލިބޭނެއެވެ.

މީގެ 6 އަހަރު ކުރިން 2019 ވަނަ އަހަރު ކަނޑައަޅާފައި އޮތީ 3,000 ރުފިޔާ އާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ.

މި އެލަވެންސް ބޮޑުކޮށްފައިވަނީ ފަގީރު ހާލުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށެވެ.

އެންސްޕާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ފަޤީރު ޙާލަތުގައި އުޅޭ 2,895 އެކަނިވެރި މައިން ނުވަތަ ބަފައިން އެބަތިއްބެވެ. 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް