logo
logo
އަންބަރާ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ

އަންބަރާ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ

2025 ޑިސެމްބަރު 24
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ވ. އަތޮޅު އަންބަރާ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެ އަދަމުން ދާ ކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އަލިފާން ރޯވި އިރު އެ ސަފާރީގައި 17 ފަތުރުވެރިންނާ 8 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެ އެންމެން ސަލާމަތްކޮށްގެން ވ. ފެލިދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސަފާރީގައި ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާލެވިފައި ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް