ހިޔާ ސަރަހައްދުގައި ރާޒުވާ ބޯޑުތަކެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހިޔާ ސަރަހައްދުގައި ރާޒުވާ ބޯޑުތަކެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ކުންފުނިން މިއަދު ބުނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް، ފުލެޓްތަކުގެ އާންމު ސަރަހައްދުތަކުގައި ރާޒުވާ ބޯޑު ބެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ޙަރަކާތްތަކުގައި ފަސޭހައިން ބައިވެރިވެވޭނެހެން ރޭމްޕްތަކުގެ މަސައްކަތް ވެސް ކުރަމުން ދާ ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެއިތުރުން ހިޔާ ޓަވަރުތަކުގައި ޕިކް އަޕް އަދި ޑްރޮޕް އޮފް އަށް ޚާއްސަ ޖާގަތައް ހެދުމުގެ މަސައްކަތް ވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.
ހިޔާ ފުލެޓް ސަރަހައްދަކީ 7000 ހައުސިން ޔުނިޓް ހިމެނޭ ސަރަހައްދެކެވެ. މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސަރުކާރުން ގިނަ އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ދާދިފަހުން އެ ސަރަހައްދުގައި ވަނީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައި ކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
