logo
logo
ހުޅުމާލެ ފޭސް 3 ފަރުކޮޅުފުށްޓާ ގުޅާލައި ކަނޑު އަޑިން ގޯތި ލިބުނު މީހުން ހެއްވާލައިފި

ހުޅުމާލެ ފޭސް 3 ފަރުކޮޅުފުށްޓާ ގުޅާލައި ކަނޑު އަޑިން ގޯތި ލިބުނު މީހުން ހެއްވާލައިފި

2025 ޑިސެމްބަރު 21
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ހުޅުމާލެ ފޭސް 3 ފަރުކޮޅުފުށްޓާ ގުޅާލައި ކަނޑު އަޑިން ގޯތި ލިބުނު މީހުން ހެއްވާލައިފިއެވެ.

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫޢުގެދަށުން 40 ހެކްޓަރު ހިއްކާ ފަރުކޮޅުފުށްޓާ މިއަދު ވަނީ ގުޅާލައިފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން މިއަދު ބުނީ ފޭސް 3 ގެ ބިމުން 40 ހެކްޓަރު ހިއްކާފައިވާ ކަމަށާއި މިއީ މި މަޝްރޫޢުގެ 63.5 އިންސައްތަ ކަމަށެވެ.

ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ސްޕީޑް އަވަސްކޮށް މިހާރު މަސައްކަތް ކުރަމުން އަންނަނީ ބޮޑު 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ. މި ދެ ޑްރެޖަރަކީ ވެސް 22،000 ކިއުބިކް މީޓަރު ކެޕޭސިޓީގެ 2 ޑްރެޖަރުކަން ފާހަގަ ކުރެވެއެވެ.

 

 

ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި، ދެން ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ ނޮވެމްބަރު މަހު ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގެ ހައުސިން މައްސަލައަށް ހައްލުހޯދަވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ހުޅުމާލޭ ފޭސް 3 ހިއްކުމާއި ގިރާވަރު ފަޅު ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރު ގެނެސް ބިންހިއްކުމުގެ މަސައްކަތް އަވަސް ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އެދުވަހު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެ މަސައްކަތް މިހާރު ކުރަމުން އަންނަ އެމްއޭސީއެލްއިން މި މަޝްރޫޢޫގެ މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 10 ގައި ކަން ފާހަގަކުރެވެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ހުޅުމާލެ ފޭސް 3 ގެ ފަޅުން ގޯތި ދޫކޮށްފައިވާ ކަމުގެ ލިޔުން ވެސް އެކި ފަރާތްތަކާއި ހަވާލުކޮށްފައެވެ. އެހެންކަމުން ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އަދި ގޯތި ލިބުނު މީހުންގެ ގުރުއަތު ނެގުން ވެސް އިއްޔެ ކުރިއަށް ގެންދިޔަކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް