
އެއާޕޯޓުގެ އައު ޓާމިނަލުން ޚިދުމަތްދޭ އެއާލައިންގެ އަދަދު 35 އަށް އަރައިފި
2025 ޑިސެމްބަރު 20
ޒައުޖަތު އަޙުމަދުވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން ޚިދުމަތްދޭ އެއާލައިންގެ އަދަދު 35 އަށް އަރައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ން މިއަދު ޚިދުމަތް ދޭން ފަށާފައި ވަނީ އައިޓީއޭ އެއާވޭސްއަށެވެ.
އެމްއޭސީއެލްއިން ބުނީ އައިޓީއޭ އެއާވޭސްގެ އޮޕަރޭޝަންތައް ފަށުމާއިއެކު މިއީ އައު ޓާމިނަލުން އޮޕަރޭޓްކުރަން ފެށި 35 ވަނަ އެއާލައިން ކަމަށެވެ.
އައިޓީއޭ އެއާލައިންގެ ފުރަތަމަ ފްލައިޓަށް ފެނުގެ ސަލާމަކުން މަރުޙަބާ ކިޔާފައިވާއިރު، އެ ފުލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް މަރުޙަބާ ކިޔާފައިވަނީ ދިވެހި ސަޤާފީ ބޮޑުބެރުގެ ޙަރަކާތްތަކާ އެކުގައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވައިދެއްވީ މިއަހަރުގެ މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހުޅުމާލެ އަދި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި2026 ޖެނުއަރީ 20
މަރްޙޫމް ނަޢީމްގެ ޚިދުމަތުގެ ހަނދާންތައް ފަނޑުވުމެއްނެތި ދެމިހުންނާނެ: ރައީސް މުޢިއްޒު2026 ޖެނުއަރީ 13
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ ނައީމް އަވަހާރަ ވެއްޖެ2026 ޖެނުއަރީ 13