
ބުދަ ދުވަހުގެ ރޭ ރައީސް ބައްދަލު ކުރައްވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ
ޒައުޖަތު އަޙުމަދުބުދަ ދުވަހުގެ ރޭ ރައީސް ބައްދަލު ކުރައްވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ކަމަށް ސަރުކާރުގެ ތަރުޖަމާޏު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިއަދު ވިދާޅުވީ ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ބާއްވަވާ ފުރަތަމަ ބައްދަލުކުރެއްވުން ޚާއްޞަކުރެވިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ކަމަށެވެ.
ހީނާ ވަނީ މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދަޢުވަތު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް އަރުވައިފަވެ.
މި ބައްދަލު ކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެކެވެ.
ފާއިތުވި 2 އަހަރުތެރޭ ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ވިލިމާލެ ރައްޔިތުންނާއި މައްޗަށްގޮޅި ރައްޔިތުން އަދި މާފަންނު ރައްޔިތުންގެ އިތުރުން ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިރޭ ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުން އޮންނާނީ ޢިމާދުއްދީނު ސުކޫލް ހޯލްގައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އިތުރު އިސްކަމެއް ދީގެން ކުރި މަސައްކަތުން ހަފުތާއެއްހާ ދުވަސްތެރޭ 52 މަސާޖުޕާލާ ބަންދުކޮށްފި: ރައީސް2025 ޑިސެމްބަރު 16
ގިނަ ދާއިރާތަކަކުން ޗައިނާއާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި2025 ޑިސެމްބަރު 15
އަންނަ ބުދަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ 2025 ޑިސެމްބަރު 14
ރައީސުލްޖުމްހޫރިއްޔާ މި ހަފުތާތެރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ2025 ޑިސެމްބަރު 14