
އަތޮޅު ކައުންސިލްތައް އުވާލުން- އެލްޖީއޭއިން ގާއިމުކުރާ އިދާރާއާބެހޭ މަޝްވަރާތައް ފަށައިފި
ޒައުޖަތު އަޙުމަދުއަތޮޅު ކައުންސިލްތައް އުވާލަން ނިންމުމާއި ގުޅިގެން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ، އެލްޖީއޭއިން ގާއިމުކުރާ އިދާރާއާބެހޭ މަޝްވަރާތައް ފަށައިފިއެވެ.
މި މަޝްވަރާތަކާއި ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާއި އަދި އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމުމާއި ގުޅިގެން، އެލް.ޖީ.އޭ އިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ރޭވުމާގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އަތޮޅުތަކުގައި އެލް.ޖީ.އޭ އިން ޤާއިމުކުރާ އިދާރާގެ އިހުތިސާސްއާބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
މި ބައްދަލުވުމުގައި އެލް.ޖީ.އޭ ގެ ބޯޑުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި މަޝްވަރާތަކުގެ އަލީގައި ލިބޭ ޚިޔާލުތައް އަތޮޅު ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާ ހިއްސާކުރައްވާނެ ކަމަށާއި އަދި އެފަރާތްތަކުގެ ޚިޔާލު ހޯއްދަވާނެ ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަޙުސްގައި، އަތޮޅު ކައުންސިލް އުވާލުމަށް ގިނަ މެންބަރުން ތާޢީދު ކުރެއްވިއެވެ. އެހެންވެ މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ، ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އެ އިސްލާޙު ފާސް ކުރުމަށެވެ. ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މަޖިލީހުންވެސް ފާސްކުރީ، ކޮމިޓީން ނިންމި ގޮތަށް ޤާނޫނު އަސާސީ އިޞްލާޙުކޮށް އަތޮޅު ކައުންސިލް އުވާލުމަށެވެ. މި އިޞްލާޙު ފާސްކުރީ، 75 މެމްބަރުންގެ ވޯޓުންނެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު ލިބޭ ފައިސާ ރައްޔިތުންގެ އިޖްތިމާއީ ކަންކަމަށް ޚަރަދުކުރުމަށް ކައުންސިލްތަކުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި2025 ނޮވެމްބަރު 27
އަތޮޅު ކައުންސިލް އުވާލަން ހުށަހެޅި އިޞްލާޙު ފާސްކޮށްފި2025 ނޮވެމްބަރު 26
އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އެ ފައިސާ އިޖުތިމާޢީ ކަންކަންމަށް ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނަނީ2025 އޮކްޓޯބަރު 27
ދޮންފަނު ކައުންސިލުގެ ނިންމުން ޤާނޫނާ ޚިލާފު: އެލްޖީއޭ2025 ސެޕްޓެމްބަރު 12