
އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އެ ފައިސާ އިޖުތިމާޢީ ކަންކަންމަށް ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނަނީ
އަތޮޅު ކައުންސިލް އުވާލުމަށްފަހު ލިބޭ ފައިސާ ރައްޔިތުންގެ އިޖްތިމާއީ ކަންކަމަށް ޚަރަދުކުރުމަށް ކައުންސިލްތަކުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެފައިވާ ވަޢުދުތަކުގެ ތެރެއިން މިއަހަރު ޢަމަލީ ގޮތުން ސޮއިކޮށް ފެށި މަޝްރޫޢުތަކުގެ އިތުރަށް ދެން ހުރި ވަޢުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫޢުއެއް ހިމަނާނެކަމަށެވެ.
ރައީސް ވަނީ ޤާނޫނު އަސާސީއަށް ގެންނަ ބަދަލެއްގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައިވާކަމަށާއި އަތޮޅު ކައުންސިލްތައް އުވާލުމުން ލިބޭ ފައިސާ ރަށްރަށުގެ ކައުންސިލްތަކަށް ބަހާލުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްގެ ބަޖެޓަށް އެފައިސާ ޖަމާކުރާނީ ރައްޔިތުންގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފާރަތްތަކަށް އެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ލާޒިމް ކުރާ އުޞޫލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަތޮޅު ކައުންސިލް ނެތުނީމަ އެ ސޭވްވާ އެމައުންޓް ހޭދަ މިކުރަނީ ރައްޔިތުންގެ އިޖުތިމާޢީ ކަންކަމަށް އޭގެން ފަހިވާގޮތަށް. އެކިކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައްވިޔަސް، އިމަޖެންސީކޮށް ދިމާވާ ކަންކަމުގައި ވިޔަސް، މިހެން ހުންނަ ކަންކަން ބޭނުންވާ ދިމަދިމާލަށް އެހީތެރިކަން ދެވޭގޮތަށް ކައުންސިލގެ ބަޖެޓަށް އިތުރުވާ ފައިސާ ބޭނުންކުރުން ލާޒިމްވާގޮތަށް ކައުންސިލްތަކަށް މިދެނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިދިޔަ އަހަރުތަކުގެ ކައުންސިލްގެ ބަޖެޓުތަކާ އަޅާބަލާއިރު އަންނަ އަހަރު ކައުންސިލްތަކުގެ ބަޖެޓު އިތުރުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތްކުރައްވަނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގެ އިތުރަށް އިޖުތިމާޢީ ކަންކަމަށްވެސް ސަމާލުކަންދީގެންކަމަށާއި މީގެ ފައިދާ ވަކިވަކި ފަރާތްތަކަށް ލިބޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03
ރައީސް މާދަމާ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ2025 ޑިސެމްބަރު 03