
ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
ޒައުޖަތު އަޙުމަދުލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިޞްލާޙް މިއަދު ފާސްކޮށްފިއެވެ.
މިއަދު ފާސްކުރި އިޞްލާޙުގައިވާ ގޮތުން 2،000 މީހުންނަށް ވުރެ ދަށް އާބާދީތަކަށް ދެން ހޮވާނީ ތިން ކައުންސިލަރުންނެވެ. އެއަށް ވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ ފަސް ކައުންސިލަރުންނެވެ. މީގެތެރެއިން ތިން ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ކައުންސިލަރެއް އަދި ފަސް ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ދެ ކައުންސިލަރުން ހޮވުން ލާޒިމެވެ.
ލާމަރުކަޒީ ޤާނޫނު އޮންނަ ގޮތުން މިހާރު 3،000 އަށްވުރެ މަދު އާބާދީތަކަށް ފަސް ކައުންސިލަރުން އަދި އެއަށް ވުރެ ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން ހޮވައެވެ.
މިއަދު ގެނައި އިޞްލާޙުގައިވާ ގޮތުން، މާލެ ސިޓީ ކައުންސިލަށް ދެން ހޮވާނީ 16 ކައުންސިލަރުންނެވެ. މިހާރު މާލެ ސިޓީ ކައުންސިލްގައި ތިބެނީ 19 ކައުންސިލަރުންނެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން 8 މެންބަރުން ތިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ފުވައްމުލަކަށް އެ އަދަދު ކަނޑައަޅާފައިވަނީ އެ ސިޓީއަކީ 8 އަވަށެއްގެ މައްޗަށް އެކުލެވޭ ސިޓީއެއް ކަމަށް ވާތީ ކަމަށް އިޞްލާޙުގައި ބުނެފައިވެއެވެ.
މީގެއިތުރުން އައްޑޫ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދު އިޞްލާޙުގައި ކަނޑައަޅާފައި ނެތް ނަމަވެސް، އާބާދީގެ ނިސްބަތުން ދެން އެކުލަވާ ސިޓީ ކައުންސިލެއްގައި އެއިން ކޮންމެ ސިޓީއެއްގައި ވެސް އެކުލަވާލަން ޖެހޭނީ މޭޔަރާ އެކު ހަތް ކައުންސިލަރުން ތިބޭ ކައުންސިލެކެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރ، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙު މަޖިލީހަށް ހުށަހެޅުއްވި އިޞްލާޙް ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓާ އެކުގައެވެ. މި ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓު ދެއްވިކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދަރިންނަށް ދެ އަހަރު ފުރެންދެން މުވައްޒަފުންނަށް ހުސް ވަގުތު ލިބޭ ގޮތް ހަދައިފި2026 މާރިޗު 14
ދިވެހިރާއްޖޭގައި އަލަށް ތަޢާރަފުކުރާ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް އިފްތިތާޙުކޮށްފި2026 ފެބްރުއަރީ 08
މަޖިލީހުގެ ރައީސް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި2026 ޖެނުއަރީ 14
އަންނަ މަހުގެ 5 ގައި ސަރުކާރު ބަންދު!2026 ޖެނުއަރީ 13