
އަތޮޅު ކައުންސިލް އުވާލަން ހުށަހެޅި އިޞްލާޙު ފާސްކޮށްފި
ޒައުޖަތު އަޙުމަދުއަތޮޅު ކައުންސިލް އުވާލަން ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި އިޞްލާޙާއިއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވާ ޕާޓީން އޭނާ ވަކިކޮށްފި ޙާލަތެއްގައި ގޮނޑިއާމެދު ގޮތެއް ނިންމުމަށް އެ މެމްބަރެއްގެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިޞްލާޙް ހުށަހެޅުއްވިއެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢުއެވެ.
މިހާރު ޤާނޫނު އަސާސީގައިވާ ގޮތުން މެމްބަރަކު ޕާޓީން ވަކި ކުރާ ޙާލަތެއްގައި އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެއެވެ. މި އިޞްލާޙު ގެންނަން ނުފެންނަ ކަމަށް މެޟްބަރުން ވިދާޅުވީ، އޭގެ ސަބަބުން ދެފަހަރަށް އެއް ދާއިރާއެއްގައި އިންތިޚާބު ބާއްވަން ޖެހި ޚަރަދުތައް ބޮޑުވާނެތީއެވެ.
މެމްބަރުން ވިދާޅުވީ މެމްބަރުން އިންތިޚާބު ކުރަނީ، ރައްޔިތުން ވަކި ޕާޓީއަކަށް އިތުބާރު ކޮށްގެން ކަމަށްވާއިރު އެ މެމްބަރަކު އެ ޕާޓީން ވަކިކުރާ ޙާލަތުގައި މެމްބަރެއްގެ ގޮތުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އޭގެ ބަދަލުގައި ދެވަނަ ފަހަރަށް އިންތިޚާބު ބާއްވައި ރައްޔިތުން ބޭނުންވާ މެމްބަރަކު އިންތިޚާބު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ވަނީ، ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިޞްލާޙުގައި އެ މާއްދާ އުވާލަން ފާސްކޮށްފައެވެ.
އަތޮޅު ކައުންސިލް އުވާލުމަށް ގިނަ މެންބަރުން ތާޢީދު ކުރެއްވިއެވެ. އެހެންވެ މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ، ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އެ އިސްލާޙު ފާސް ކުރުމަށެވެ.
މި މައްސަލައިގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މަޖިލީހުންވެސް ފާސްކުރީ، ކޮމިޓީން ނިންމި ގޮތަށް ޤާނޫނު އަސާސީ އިޞްލާޙުކޮށް އަތޮޅު ކައުންސިލް އުވާލުމަށެވެ. މި އިޞްލާޙު ފާސްކުރީ، 75 މެމްބަރުންގެ ވޯޓުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދަރިންނަށް ދެ އަހަރު ފުރެންދެން މުވައްޒަފުންނަށް ހުސް ވަގުތު ލިބޭ ގޮތް ހަދައިފި2026 މާރިޗު 14
ދިވެހިރާއްޖޭގައި އަލަށް ތަޢާރަފުކުރާ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް އިފްތިތާޙުކޮށްފި2026 ފެބްރުއަރީ 08
މަޖިލީހުގެ ރައީސް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި2026 ޖެނުއަރީ 14
އަންނަ މަހުގެ 5 ގައި ސަރުކާރު ބަންދު!2026 ޖެނުއަރީ 13