
ބިންގާ އެޅިތާ 11 މަސްތެރޭ މާކުރަތު ފުލުހުންގެ މަރުކަޒު ނިންމާ ޚިދުމަތް ދޭން ފަށައިފި
ޒައުޖަތު އަޙުމަދުބިންގާ އެޅިތާ 11 މަސްތެރޭ މާކުރަތު ފުލުހުންގެ މަރުކަޒު ނިންމާ ޚިދުމަތް ދޭން ފަށައިފިއެވެ.
މާކުރަތުގައި ގާއިމްކޮށް ހުޅުވިގެންދިޔަ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތަކީ 2025 ޖަނަވަރީ 23 ވަނަ ދުވަހު ބިންގާއެޅި މަސައްކަތް ފެށިގެންދިޔަ މަޝްރޫއުއެކެވެ.
މި މަސައްކަތަކީ ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.
މާކުރަތު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ދާޚިލީ ސަލާމަތާއި ފަންނީޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ. މިރަސްމިއްޔާތުގަައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި މާކުރަތު ކައުންސިލްގެ ރައީސް އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މާކުރަތު ކައުންސިލް މެމްބަރުންނާއި ރައްޔިތުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އަލީ އިހުސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި ކޮންމެ ފުލުހަކުވެސް ގާނޫނުތަކާއި އުސޫލުތަކަށް ވިސްނަައިގެން ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށާއި އަމާނާތްތެރިކަމާއި ޒިންމާގެ ފުން އިހުސާސާއެކު ފުލުހުންގެ ވާޖިބު އަދާކުރުމަކީ ގައުމަށް އަމަންއަމާންކަމާއި ކުރިއެރުމަށް މަގުފަހި ވެގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ޕޮލިސް ސްޓޭޝަން ހުޅުވިގެން ދިއުމާއެކު މިރަށާއި އަދި މިއަތޮޅަށް އަމާން ރައްކާތެރި ގޮތެއްގައި ފުލުހުންގެ ޚިދުމަތްދިނުމަށްޓަކައި ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތް ފެނިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ސްޓޭޝަންގެ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އަލީ އިހުސާން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ހިންގާ އެންމެ ފުޅާ ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްގެ ތެރެއިން ހުޅުވިގެންދާ ދެވަނަ ފުލުހުންގެ މަރުކަޒުކަން ފާހަގަކުރައްވައި، ކުރިއަށްއޮތް 2 އަހަރާއި ބައިގެ ތެރޭގައި މިވަގުތު މަސައްކަތް ހިނގަމުންދާ 140 އަށްވުރެ ގިނަ އިމާރާތްތަކުގެ ޕްރޮޖެކްޓްތައް ނިންމާ ފުލުހުންގެ ޚިދުމަތައް ބޭނުންވާ ގޮތައް އެތަންތަން ހުޅުވިގެންދާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުންގެ ހިދުމަތަށް ބޭނުންވާ އުމްރާނީ ތަރައްގީއަކީ އަގުބޮޑު އެހެންނަމަވެސް އަގު ނުކުރެވޭ ފަދަ އިންވެސްޓްމަންޓްތަކެއްކަމަށްވެސް ވިދާޅުވިއެވެ. އަދި މާކުރަތުގައި ގާއިމްކުރެވުނު ފުލުހުންގެ މަރުކަޒާއެކު ރ.އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ޚިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށްގެން ޚިދުމަތް ދޭން ފެށުމުން، ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ގޮތް ގޮތުން ފަސޭހަތައް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައިވަނީ މާކުރަތު ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ލިޔުން ދެއްވާފައެވެ. މިލިޔުން އެފަރާތްތަކަށް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ
މިއީ ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް މުޅި ރާއްޖޭގައި ހިންގާ މަޝްރޫއުގެ ތެރެއިން މި ހިނގާ 2025 ވަނަ އަހަރުގެ ތެރޭގައި ބިންގާ އަޅައި މަސައްކަތް ފެށި ސްޓޭޝަންތަކުގެ ތެރެއިން ހުޅުވިގެންދިޔަ ދެ ވަނަ ސްޓޭޝަނެވެ. މީގެކުރިން ވަނީ ރ. އިންނަމާދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މަރާމާތުގެ މަސައްކަތަކަށް ސިނަމާލެ ބުރިޖުގެ ބައެއް ބަންދުކުރަނީ2025 ޑިސެމްބަރު 15
ބޭނުން ނުކޮށް ދޫކޮށްލާފައި ހުރި 787 އުޅަނދެއް ހުޅުމާލެއިން ޓޯކޮށްފި2025 ޑިސެމްބަރު 12
މުޒާހަރާގައި ބިދޭސީން ތިބި ދޯނިތައް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި2025 ޑިސެމްބަރު 11
ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ މުޒާހަރާގައި ބިދޭސީން ހިމެނޭ: ފުލުހުން 2025 ޑިސެމްބަރު 11