logo
logo
ޤަވާޢިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ 2 ތަނެއް ބަންދުކޮށްފި

ޤަވާޢިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ 2 ތަނެއް ބަންދުކޮށްފި

2025 ޑިސެމްބަރު 10
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޤަވާޢިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ 2 ތަނެއް ބަންދުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ތަންތަނުގެ ތެރެއިން ދެ ތަނެއް ބަންދުކުރެވި، ހުރި މައްސަލަތައް ރަނގަޅުކުރުމަށް އެއް ތަނަކަށް ނޯޓިސް ދީފައިވާ ކަމަށާއި އަދި އެތަނުން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ބަންދުކޮށްފައިވާ ދެ ތަނަކީ ޤަވާޢިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެތަންކަން ފާހަގަކުރެވިފައިވާ ކަމަށާއި ބަންދު ކުރި ދެ ތަނުންވެސް ދުންފަތުގެ ބާވަތްތައް ފެނިފައިވާ ކަމަށެވެ.

ޤަވާޢިދާއި ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ޚާއްޞަ ލިންކެއް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ތަޢާރަފްކޮށް އެފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް އާންމުންގެ ކިބައިން އެދިފައި ވަނީ މި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުކަން ފާހަގަ ކުރެވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް