logologologologo
STO
ޚަބަރު

ދެ ޑްރެޖަރާއިއެކު ރަސްމާލެ ބިންހިއްކުން ހަލުއިކޮށް 215 ހެކްޓަރު ހިއްކައިފި

ދެ ޑްރެޖަރާއިއެކު ރަސްމާލެ ބިންހިއްކުން ހަލުއިކޮށް 215 ހެކްޓަރު ހިއްކައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ޑިސެމްބަރު 08

ދެ ޑްރެޖަރާއިއެކު ރަސްމާލެ ބިންހިއްކުން ހަލުއިކޮށް 215 ހެކްޓަރު ހިއްކައިފިއެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެވުނު 2 ޑްރެޖަރާއިއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމަާއިއެކު ކުރިއަށް ދާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

މި ބޮޑު ޑްރެޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ ހަލުއިވެގެންދާނެކަމަަށް އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ރަސްމާލެ ހިއްކުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށް ވެސް އެމަނިކުފާނު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރި ކަމާބެހޭ ވުޒާރާއިން މިއަދު ވަނީ އިއުލާންކޮށްފައެވެ.

 

 

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް އާބާދުކުރާ "ރަސްމާލެ"އަކީ ދުނިޔޭގެވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ސިޓީއެވެ.

MALDIVE GASAllied Insurance
އިތުރަށް