
ރައްޔިތުންގެ ޝުޢޫރު: ރާއްޖޭގެ ރައީސް ކުރިމަތީގައި ބޭނުން ވާހަކައެއް ދައްކަން ފުރުސަތު ލިބުނީ އަލަށް
ޒައުޖަތު އަޙުމަދުރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކުރިފުޅުމަތީގައި ބޭނުން ވާހަކައެއް ދައްކަން ރައްޔިތުންނަށް ފުރުސަތު ލިބުނީ އަލަށް ކަމަށާއި ފެންނަނީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމުގެ ލާމަސީލު މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވި ހެންވޭރު ބައްދަލުވުމުގައި ވާހަކަ ދެއްކެވި ރައްޔިތުން ފާހަގަ ކޮށްފިއެވެ.
'ރައްޔިތުންނާ ގާތުން' ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ މާލޭގެ ރައްޔިތުންނާއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކެވެ. އެގޮތުން ހެންވޭރު ރައްޔިތުންގެ ބައްދަލުވުން ބާއްވާފައި ވަނީ ރޭ ކަލާފާނު ސުކޫލްގެ ހޯލުގައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި އުމުރުން ދޮށީ ބޭފުޅެއް، މިފަދަ ބައްދަލުވުންތައް ބާއްވަވާތީ ރައީސަށް ޝުކުރުއަދާ ކުރައްވަމުން ވިދާޅުވީ ޙަޤީޤަތުގައި ރައްޔިތުންނާ ކައިރިން ވެރިކަން ކުރެއްވުމުގެ ލާމަސީލި މިސާލެއް ފެންނަމުންދާ ކަމަށާއި ކޮންމެ ރައްޔިތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ ކުރިފުޅުމަތީގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިގެންދާ ކަމަށެވެ.
"ކޮންމެ ރައްޔިތަކަށް ވެސް ހަމަ ރައީސުލްޖުމްހޫރިއްޔާގެ ސީދާ ކުރިމަތީގައި ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުޞަތު ވެސް މި ލިބެނީ. ދެން އަޅުގަންޑުގެ އުމުރުން މިހާރު 60 އަހަރާއި ގާތްވީއިރުގައި މިފަދަ ފުރުޞަތެއް ހަމަ ގައިމުވެސް އަޅުގަނޑަކަށް ލިބިފައެއް ނެތް، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި ވާހަކަ ދައްކާކަށެއް." ލައިވްކޮށް ދުރަށް ދައްކަމުންދިޔަ ޖަލްސާގައި ވާހަކަ ދެއްކެވި ހެންވޭރަށް ނިސްބަތްވާ އެ ބޭފުޅާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުޞަތު ކުރިން އެއްގޮތަކަށް ވެސް ނުލިބޭ ނަމަވެސް މި ފުރުޞަތު ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ލިބިގެންދާތީ ރޭގެ ބައްދަލުވުމުގައި ޚިޔާލުފާޅު ކުރެއްވި ގިނަ ރައްޔިތުން ވެސް އެކަން ފާހަގަ ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
ފާއިތުވި 2 އަހަރުތެރޭ ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ވިލިމާލެ ރައްޔިތުންނާއި މައްޗަށްގޮޅި ރައްޔިތުން އަދި މާފަންނު ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ފިހިގެން ނިޔާވި އަޒްމީލްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ!2025 ޑިސެމްބަރު 11
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން: ރައީސް2025 ޑިސެމްބަރު 10
48 ގަޑިއިރުތެރޭ ފަައިސާ ދޫކުރަން ފެެށިފަހުން މަސްވެރިންނަށް 900 މިލިއަން ރުފިޔާ2025 ޑިސެމްބަރު 10
މަސްމާރުކޭޓު ހުރިބިމުގައި މަސްވެރިކަމުގެ އިމާރާތެއް ހައްދަވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ2025 ޑިސެމްބަރު 08