
ފިހިގެން ނިޔާވި އަޒްމީލްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ!
ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވެގެން ފަރުވާ ދެނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފު އަހްމަދު އަޒްމީލް (43އ)ގެ ރައީސް ތައުޒިޔާ ދަންނަވައިފިއެވެ.
ސޯޝަލް މީޑީއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފު އަޙްމަދު އަޒްމީލް ނިޔާވި ޚަބަރު އަޑުއެހީ ނުހަނު އަސަރާއި ހިތާމައާ އެކުކަމަށެވެ.
ރައީސް ވަނީ އެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވައި، މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހު ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި2025 ޑިސެމްބަރު 13
ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ވަޒީފާ ލިބުމަކީ އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް: މެޑަމް ސާޖިދާ2025 ޑިސެމްބަރު 11
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން: ރައީސް2025 ޑިސެމްބަރު 10
48 ގަޑިއިރުތެރޭ ފަައިސާ ދޫކުރަން ފެެށިފަހުން މަސްވެރިންނަށް 900 މިލިއަން ރުފިޔާ2025 ޑިސެމްބަރު 10