logologologologo
STO
ޚަބަރު

ހުޅުމާލޭގެ އެކިތަންތަނުގައި ހުރި 252 ބާ އުޅަނދު ޓޯކޮށް ތިލަފުށްޓަށް ގެންގޮސްފި

ހުޅުމާލޭގެ އެކިތަންތަނުގައި ހުރި 252 ބާ އުޅަނދު ޓޯކޮށް ތިލަފުށްޓަށް ގެންގޮސްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ޑިސެމްބަރު 07

ހުޅުމާލޭގެ އެކިތަންތަނުގައި ހުރި 252 ބާ އުޅަނދު ޓޯކޮށް ތިލަފުށްޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 6 ން 9 އަށް ކުރިއަށް ގެންދާ މި އޮޕަރޭޝަނާބެހޭގޮތުން ފުލުހުން މިއަދު ބުނީ ހުޅުމާލެއަކީ ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތި ތަރުތީބުކުރުމަށް 2025 ޑިސެންބަރު 6 ވަނަ ދުވަހު ފަށާފައިވާ ޓޯވ އޮޕަރޭޝަނުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 252 އުޅަނދު ވަނީ ޓޯކޮށްފައި ކަމަށެވެ.

މި އުޅަނދުތައް މިހާރު ވަނީ ތިލަފުއްޓަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

 



ފުލުހުން ބުނީ މިހުރިހާ އުޅަނދުތަކަކީވެސް ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކެއް ކަމަށެވެ.

ސަރުކާރުގެ ގިނަ ވުޒާރާތަކެއް ގުޅިގެން ކުރިއަށްގެންދާ މިއޮޕަރޭޝަންގައި ފުލުހުންގެ އިތުރުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ، އެޗްޑީސީ، ޕަބްލިކް ވޯކްސް، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ބައިވެރިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަން ކުރިއަށް ދާނީ ހުޅުމާލެ ފޭސް 1 އަދި 2 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

MALDIVE GASAllied Insurance
އިތުރަށް