logologologologo
STO
ވިޔަފާރި

6 ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލް މަންޒިލްގެ ލަގަބު ރާއެްޖެއަށް ލިބިއްޖެ

6 ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލް މަންޒިލްގެ ލަގަބު ރާއެްޖެއަށް ލިބިއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 ޑިސެމްބަރު 07

ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ އެވޯޑް ރާއްޖޭން އަނެއްކާ ވެސް ކާމިޔާބުކޮށްފިއެވެ. މިއީ މި އެވޯޑް ޖެހިޖެހިގެން ރާއްޖޭން ހާސިލް ކުރި ހަ ވަނަ ފަހަރެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދެމުން އަންނަ އެންމެ މަގްބޫލް މަންޒިލްގެ އެވޯޑް ރާއްޖެއަށް ލިބިފައިވަނީ އިއްޔެ ބަހްރޭންގައި ބޭއްވި 32 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގައެވެ.

އޭގެ އިތުރުން ވެސް ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގައި ރާއްޖެއަށް ވަނީ ފަސް ކެޓަގަރީއަކުން އެވޯޑް ލިބިފައެވެ.

އެއީ:

  • ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް
  • ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް- ވައްކަރު މޯލްޑިވްސް
  • ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް އެވޯޑް- ހުޅުލެ އައިލެންޑް ހޮޓެލް
  • ވޯލްޑް ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓް- ވޯލްޑޯފް އެސްޓޯރިއާ، އިތާފުށި
  • ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް- އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ

ޓޫރިޒަމް މިނިސްޓްރީން ޑިސެމްބަރު 3 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރު މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން ރާއްޖެއަށް ޖުމްލަ 2.04 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިިވެއެވެ.

MALDIVE GASAllied Insurance
އިތުރަށް