
މީޑިއާ މައުރަޒު ހުޅުވައިފި، ޒުވާން ޚަޠީބުންގެ ފަސް ވަނަ ބުރަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ލިބޭނެ
ޒައުޖަތު އަޙުމަދުމި ހަފްތާ ބަންދުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމީކް ސްޓޫޑިއޯއާއި ވުޒާރާގެ ސެކްޝަންތައް ގުޅިގެން ބާއްވާ މީޑިއާ މައުރަޒު 2025 ގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދާ މީޑިއާ މައުރަޒު، މިއަދު ހަވީރު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނިގޮތުގައި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން 18:00 އަށް މީޑިއާ މައުރަޒު ކުރިއަށް ދާނެއެވެ.
މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހިންގެ ރާއްޖެ އޭގެ ޒާތުގައި ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އަސާސީ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ އިސްލާމް ދީނާއި ގުޅުންހުރި ކަންތައްތައް ދީނީ ސިޔާސަތުތައް ތަންފީޒްކުރުންކަމަށާއި މިއަދު އުފާކުރަންޖެހޭ ކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ދީނީ ކަންތައްތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާތީކަމަށެވެ.
.jpg&w=3840&q=75)
މީޑިއާ މައުރަޒަކީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މުހިއްމު މަސައްކަތްތަކުގެ މަޢުލޫމާތާއި، މަޝްރޫޢުތަކާއި ގުޅޭ އަދާހަމަތަކާއި، ވަކިވަކި ސެކްޝަންތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ވީހާވެސް ގާތުން ގެނެސްދިނުމަށް ބާއްވާ ޚާއްސަ މައުރަޒެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި ފާއިތުވެދިޔަ ދެ އަހަރުތެރޭގައި އެ ވުޒާރާއިން ކުރިއަށް ގެންދިޔަ އެންމެ މުހިއްމު އެއް ޕްރޮގުރާމަކީ ޒުވާން ޚަޠީބުން ޕްރޮގުރާމެވެ. ރާއްޖޭގެ އެކި ރަށްރަަށަށް ދިމާވެފައިވާ ޚަޠީބުންގެ ދަތިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދިޔަ މި ޕްރޮގުރާމުން މިހާތަނަށް 503 ޒުވާން ޚަޠީބުން ތަމްރީނުކޮށްފައިވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މާލެ ސަރަހައްދަށް އިތުރު ދެ ވަޤްފު މަޝްރޫޢު: ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރާތެއް2025 ނޮވެމްބަރު 27
ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކޮށްފި2025 ނޮވެމްބަރު 20
ޒަމާނީ ވަޞީލަތްތަކާއެކު މާލޭގައި ޢިމާރާތް ކުރާ ވަޤްފު ޢިމާރާތުގެ ބިންގާ އަޅައިފި2025 ނޮވެމްބަރު 20
ޤައުމީ ޤުރުއާން މުބާރާތުން މުއައްސަސާތަކުގެ ބައިން ފަޚްރުވެރި 1 ވަނަ ޢަރަބިއްޔާ ސުކޫލް ހޯދައިފި2025 އޮކްޓޯބަރު 12