
ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކޮށްފި
ޒައުޖަތު އަޙުމަދުސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކޮށްފިއެވެ.
އިސްލާޟީ ކަންތައްތަކާބެހޭ މުސްޙަފްތައް ރަސްމީކޮށް ހަވާލުކުރެއްވުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އާއި ސަޢުދީ އެމްބަސީގެ އިސްވެރިންނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއާއި ދެމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އަދި އެމްބަސީގެ މުވައްޒަފުންނަށްވެސް ވަޒީރު ޝުކުރު އަދާކުރައްވާފައިވެއެވެ.
މިއަދު ހަދިޔާކުރެއްވި މުސްޙަފްތަކުގައި ބޮޑެތި މުސްޙަފްވެސް ހިމެނެއެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ.
މިއަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއިން ވަނީ ދިވެހިރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މީޑިއާ މައުރަޒު ހުޅުވައިފި، ޒުވާން ޚަޠީބުންގެ ފަސް ވަނަ ބުރަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ލިބޭނެ2025 ޑިސެމްބަރު 05
މާލެ ސަރަހައްދަށް އިތުރު ދެ ވަޤްފު މަޝްރޫޢު: ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރާތެއް2025 ނޮވެމްބަރު 27
ޒަމާނީ ވަޞީލަތްތަކާއެކު މާލޭގައި ޢިމާރާތް ކުރާ ވަޤްފު ޢިމާރާތުގެ ބިންގާ އަޅައިފި2025 ނޮވެމްބަރު 20
ޙައްޖުގެ ޚިދުމަތާބެހޭ އެއްބަސްވުމުގައި ސަޢޫދީއާއިއެކު ސޮއިކޮށްފި2025 ނޮވެމްބަރު 09