
މާލެ ސަރަހައްދަށް އިތުރު ދެ ވަޤްފު މަޝްރޫޢު: ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރާތެއް
ޒައުޖަތު އަޙުމަދުމާލެ ސަރަޙައްދުގައި މިހާރު ރަސްމީކޮށް ފަށާފައިވާ ދާރުއްސަލާމް ވަޤްފު މަޝްރޫޢުއާއި ދާރުލްއަރްޤަމް ވަޤްފު މަޝްރޫޢުގެ އިތުރުން، އިތުރު ދެ މަޝްރޫޢުއެއް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި ދެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެލައްވާފައިވާ ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރަތާއި، ޒަކާތުގެ އިންވެސްޓްމެންޓުގެ ދަށުން ޤާއިމްކުރާ ވަޤްފު އިމާރާތެއްކަމަށެވެ. މި ދެ މަޝްރޫޢު ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ވަޤްފު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނިފައިވާކަމަކެވެ. އެގޮތުން މާލޭގައި އިމާރާތްކުރާ ދާރުލްއަރްޤަމް އާއި ހުޅުމާލޭގައި އިމާރާތްކުރާ ދާރުއްސަލާމް ވަޤްފު މަޝްރޫއު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް މިހާރު ވަނީ ބިންގާ އަޅާފައެވެ.
ހުޅުމާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު ޢިމާރާތް ‘ދާރުއްސަލާމް’ގެ ބިންގާ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ އަޅުއްވައިދެއްވައިފައެވެ.
މީގެ އިތުރުން، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ގއ. ވިލިނގިލީގައި ވަޤްފު އިމާރާތް ބިނާކުރުމަށް ނިންމާ މި މަޝްރޫޢުތައްވެސް މިހާރު ކުންފުނިތަކާއި ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މީޑިއާ މައުރަޒު ހުޅުވައިފި، ޒުވާން ޚަޠީބުންގެ ފަސް ވަނަ ބުރަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ލިބޭނެ2025 ޑިސެމްބަރު 05
ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކޮށްފި2025 ނޮވެމްބަރު 20
ޒަމާނީ ވަޞީލަތްތަކާއެކު މާލޭގައި ޢިމާރާތް ކުރާ ވަޤްފު ޢިމާރާތުގެ ބިންގާ އަޅައިފި2025 ނޮވެމްބަރު 20
ޤައުމީ ޤުރުއާން މުބާރާތުން މުއައްސަސާތަކުގެ ބައިން ފަޚްރުވެރި 1 ވަނަ ޢަރަބިއްޔާ ސުކޫލް ހޯދައިފި2025 އޮކްޓޯބަރު 12